Thu, 28 May, 2020, 8:35 am
އަލަށް އިންތިހާބުވި މެންބަރުންގެ ހުވާ ކުރުން އަންނަ މަހު
4

ނަވާރަ ވަނަ މަޖިލިސް އިންތިހާބުގައި ކާމިޔާބު ހޯއްދެވި ބޭފުޅުން މަޖިލިސް މެންބަރުކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު އަންނަ މޭ މަހު ފަހުކޮޅު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން، މި މަސް ނިމުމުން 2014 ވަނަ އަހަރު މަޖިލިސް މެމްބަރުކަމަށް ހޮވި ވަޑައިގެންފައިވާ މެންބަރުންގެ ދައުރު ހަމަވާނެއެވެ. އަދި ދެ ވަނަ ދައުރުގެ ޖަލްސާތައް ފަށާނީ އާ މެމްބަރުންނާއެކު ޖޫން މަހުގައެވެ.

އިއްޔެ ބޭއްވި މަޖިލިސް އިންތިހާބުގެ ވަގުތީ ނަތިއްޖާ ދައްކާ ގޮތުން މިހާތަނަށް އެންމެ ގިނައިން ގޮޑި ލިބިފައިވަނީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީ އަށެވެ. އެއީ 67 ގޮޑި އެވެ.

ދެވަނަ އަށް އެންމެ ގިނަ ގޮނޑި ކަށަވަރުކުރީ، މަޖިލިސް އިންތިހާބަށް އިދިކޮޅު ޕީޕީއެމްއާއެކު މަސައްކަތް ކުރަން ފެއްޓެވި ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށެވެ. އެޕާޓީއަށް ލިބިފައިވަނީ ހަ ދާއިރާގެ ގޮނޑިއެވެ.

އިތުރު ގޮނޑިތަކަށް ބަލާއިރު، ޕީޕީއެމްއަށް ފަސް ގޮނޑި ލިބުނުއިރު، އިންތިހާބުގައި ނާކާމިޔާބުވެވަޑައިގެން ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވަގުތީ ރައީސް ކަމުގައި ހުންނެވި ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ)އަށް ލިބިފައިވަނީ ދެ ގޮނޑިއެވެ.

އެ ދެ ގޮނޑި ކާމިޔާބު ކުރީ ޔާމީން ސަރުކާރުގެ އެކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.

ޕީޕީއެމްއާއެކު ކުރިން ކޯލިޝަންގައި އޮތް އެމްޑީއޭއަށް ނިމިދިޔަ އިންތިހާބުގައި ލިބުނީ ދެ ގޮނޑިއެވެ. އެއީ މީދޫ ދާއިރާގެ މިހާރުގެ ވެސް މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) އާއި ކުޑަހުވަދޫ ދާއިރާގެ މިހާރުގެ ވެސް މެންބަރު އަހުމަދު އާމިރެވެ.

މިފަހަރުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ހަތް ބޭފުޅަކު ވަނީ ގޮނޑި ކާމިޔާބު ކުރައްވައިފައެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫންގެ ތާއީދާއެކު އަމިއްލަ ގޮތުން ނިލަންދޫ ދާއިރާއަށް ވާދަ ކުރެއްވި އަބްދުލް މުހުސިން ހަމީދު (ޖޭފޯ) ހިމެނިވަޑައިގަންނަވައެވެ.

Leave a comment

Your email address will not be published.