ނަސްވާ ހަސަން
08 April 2019
މަޤްބޫލު ޙަބަރު

އއ. މަތިވެރީގެ ގެސްޓު ހައުސްއެއްގައި ރޯވެ ވަރަށް ބޮޑަށް އަނދައިފިއެވެ.

މިރޭ 22:25 އެހާކަންހާއިރު ހިނގި އެހާދިސާގައި ރޯވެފައި ވަނީ ދެ ބުރި އަށް ހަދާފައިވާ “ކާޒާ މިއާ ގެސްޓްހައުސް” ނަމަކަށް ކިޔާ 35 ކޮޓަރީގެ ބައެއްގައެވެ. މިއީ އެރަށުގައި ހުންނަ އެންމެ ބޮޑު ގެސްޓްހައުސްއެވެ.

އެމްއެންޑީއެފްއާއި ރަށު ރައްޔިތުންގެ އެހީތެރިކަމާއެކު އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވާލިއިރު ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ގެސްޓްހައުސްގެ ބޮޑުބައެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަދާ ހުލިވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ގެސްޓް ހައުސްއަކީ ކުރިން އޮޕަރޭޝަން ހިންގަމުންދިޔަ ގެސްޓް ހައުސެއް ނަމަވެސް މިހާރު އެތަން މަރާމާތަށް ހުރީ ބަންދުކޮށްފައެވެ. ނަމަވެސް އެތަނުގައި މުވައްޒަފުން މަސައްކަތް ކުރަމުންދެއެވެ.

އަދި އެތަނަކީ ނިމިދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އަބްދުﷲ ޖާބިރުގެ ކުންފުނީގެ ތަނެއްކަމަށް މައުލޫމާތު ލިބެއެވެ.

އޭގެ ރަށު ރައްޔިތުން ބުނާގޮތުގައި އެ ގެސްޓްހައުސްގައި ބަޔަކު ރޯ ކޮށްލީ ކަމަށެވެ. އޭގެ އިތުރުން އެނގިފައިވާ ގޮތުގައި އެއީ އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކާށިދޫ ދާއިރާ އަށް އިންތިޚާބުވެވަޑައިގެންނެވި އަބްދުﷲ ޖާބިރުގެ އާއިލާގެ ހިއްސާ އޮންނަ ތަނެއް ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©