ނަސްވާ ހަސަން
09 April 2019
މަޤްބޫލު ޙަބަރު

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުުހުންގެ އިންޓެލިޖެންސާއި ވ. ފެލިދޫ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ މަސްތުވާތަކެއްޗާއެކު ފެލިދޫން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބިފައި ވަނީ މާލޭން ފުރައިގެން ފެލިދުއަށް ދަތުރުކުރަމުންދާ ފެރީ ލޯންޗަކުން މީހަކު ފެލިދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށެވެ. އެގޮތުން ލިބުނު މަޢުލޫމާތަކާއި ގުޅިގެން އިއްޔެ 17:20 ގައި ހިންގި މިއޮޕަރޭޝަންގައި ފެލިދޫ ބަނދަރު ސަރަޙައްދުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މިމީހާގެ އަތުގައި އޮތް ކޮތަޅެއްގެ ތެރޭގައި އޮތް ސަބްމެރިންއެއްގެ ތެރެއިން، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމް ހުސްކުރި ދަޅެއް ފެނިފައިވެއެވެ. ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިމައްސަލަ ފެލިދޫ ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ ތަޙުޤީޤު ކުރަމުންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©