Thu, 28 May, 2020, 10:14 am
އިންތިޚާބުގައި ކާމިޔާބު ނުލިބުނީ ނޭދެވޭ ނުފޫޒުތައް ވަނުމުގެ ސަބަބުން: މައުމޫން
2

ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކާމިޔާބު ލިބުން ހަނިވެގެން ދިޔައީ ނޭދެވޭ އެކިއެކި ނުފޫޒުތައް ވަނުމުގެ ސަބަބުންކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ އެމްއާރްއެމްގެ ކެންޑިޑޭޓުންނާއެކު ރޭ ސެންޓްރަލް ހޮޓަލުގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނުގެ ތާއީދާއިއެކު މަޖިލިސްއިންޚާބުގައި ވާދަކުރއްވި ކެންޑިޑޭޓުންނަށް ނާކާމިޔާބުވީ އެ ބޭފުޅުންގެ ގާބިލްކަން ނެތިގެން ނޫން ކަމަށާއި، ނާކާމިޔާބުވީ އެކިއެކި ނޭދެވޭ ނުފޫޒުތައް ވަނުމުގެ ސަބަބުންކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ ނަޒާހަތްތެެރި މަޖިލީހެއް ގާއިމް ކުރެވޭނީ ނަޒާހަތްތެރި އިންތިހާބެއް ބާއްވައިގެންކަމަށާއި، އިންތިހާބުގެ މާހައުލަކީ ނަޒާހަތްތެރި މާހައުލަކަށް ވާންޖެހޭކަމަށެވެ.

މިއުޅެނީ ނަޒާހަތްތެރި މަޖިލީހެއް ހޮވަން، ނަޒާހަތްތެެރި މަޖިލީހެއް ގާއިމް ކުރެވޭނީ ނަޒާހަތްތެރި އިންތިހާބެއް ބާއްވައިގެން، އިންތިހާބުގެ މާހައުލަކީ ނަޒާހަތްތެރި މާހައުލަކަށް ވާންޖެހޭ. އެއާ ހިލާފަށް ކަން ހިނގާ މާހައުލެއްގަ ބޭއްވޭ އިންތިހާބުގެ ނަތީޖާއަކީ ތެދު ނަތީޖާއަކަށް ނުވާނެ،” ކުރީގެ ރައީސް މައުމޫން ވިދާޅުވިއެވެ.

ސާރުކާރުން ހޯދި ކާމިޔާބަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ ދަންނަވަމުން ރައީސް މައުމޫން ވަނީ އެމްއާރްއެމް އޮންނާނީ ސަރުކާރު ކޯލިޝަން ތެރޭގަ ކަމަށާއި، ރައްޔިތުންނަށް ފައިދާވާ ގޮތަށް ހިންގާ ކޮންމެ ކަމެއްގައި ރައީސް ސޯލިހްގެ ފަހަތުގައި ތިބޭނެ ކަމަށް ރޭވެސް ތަކުރާރުކުރައްވާފައެވެ.

ރޭގެ ބައްދަލުވުމުގައި ރައީސް މައުމޫން ވަނީ އެމަނިކުފާނުގެ ތާއީދާއިއެކު މަޖިލިސްއިންތިޚަބުގައި ވާދަކުރެއްވި ކެންޑިޑޭޓުންނާއި ކެމްޕެއިން ޓީމްތަކުން މެންބަރުން ހަމަކުރުމަށް މަސައްކަތްކޮށް ދިނުމަށް އެދިވަޑައިގެންފަ އެވެ.

ރައީސް މައުމޫން ވިދާޅުވީ ސިޔާސީ މައިދާނަކީ ވަކި ކަމެއްވީމަ ހުއްޓާލައިގެން ތިބެންޖެހޭ މައިދާނެއް ނޫން ކަމަށާއި، ބަލީގެ މަތިން ހަނދާން ނައްތާލައި އާ ހިތްވަރާއި އަޒުމާއެކު ކުރިއަށް ދާން ޖެހޭނެ ކަމަށް ވިދާޅުވެ އެމަނިުކުފާނުގެ ތާއީދާއިއެކު އިންތުޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންނަށް ހިތްވަރުދެއްވާފައެވެ.

Leave a comment

Your email address will not be published.