Mon, 1 June, 2020, 6:37 pm
ރިލްވާނާއި ޔާމީންގެ ހަނދާނުގައި ޖަމިއްޔާއެއް އުފައްދަނީ
10

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އާއި މާރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދުގެ ހަނދާނުގައި “ރިިލްވާން އެންްޑް ޔާމީން ފައުންޑޭޝަން“ ނަމުގައި ޖަމިއްޔާއެއް އުފެއްދުމަށް އެ ދެ ފަރާތުގެ އާއިލާއިން ނިންމައިފިއެވެ.

އެ ދެމީހުންގެ ހަނދާނުގައި ޖަމިއްޔާއެއް އުފައްދަން ނިންމާފައިވާކަން އިއުލާނު ކުރުމަށް މ. ޝައިނިންގ ސްޓާރގައި ދެ ފަރާތުގެ އާއިލާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޔާމީންގެ މަންމަ ބުނީ، ޔާމީން އާއި ރިލްވާން ލިޔެފައިވާ ލިޔުންތަކުން ފެނިގެން ދަނީ އެ ދެ މީހުންގެ ހިތުގައި އަނެކާއަށް ހުރި ރަހުމާއި އިންސާނިއްޔަތަށް ހުރި ކުލުނު ކަމަށެވެ. އަދި އެ ރޮނގުތަކުން ކުރިއަށްދާން ބޭނުންވާ މީހުންނަށް ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމަކީ މި ފައުންޑޭޝަންގެ އެންމެ ބޮޑު އެއް އަމާޒު ކަމަށް ޔާމީންގެ މަންމަ ބުންޏެވެ.

ޔާމީން މަރާލާފައި އޮއްވާ ފެނުނީ 2017 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އޭނާ ދިރިއުޅުނު ގޭގެ ސިޑިގޮޅި ތެރޭގައެވެ. ޔާމީންގެ މަރުގެ މައްސަލާގައި ދައުލަތުން މިހާތަނަށް ވަނީ ހަ މީހަކަށް ދައުވާ ކޮށްފައެވެ. އެ މައްސަލައިގެ ޝަރީއަތް މިހާރުވެސް ދަނީ ކުރިއަށެވެ.

ރިލްވާނަށް ވީނުވީ ގޮތް އަދިވެސް ހޯދިފައިނުވާއިރު އޭނާ ގެއްލިފައި ވަނީ 2014 ވަނަ އަހަރު އޮގަސްޓު މަހުގެ 8 ވަނަ ދުވަހުގެ ރޭގެ ފަހުންނެވެ. އޭނާ ގަދަކަމުން ކާރަކަށް އެރުވި ކަމަށް ބުނެ ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލި ހ. ހިލްޓަން އާލިފް ރައޫފާއި ގދ.ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށް ކުރި ދައުވާތައް ސާބިތުވެފައެއް ނުވެ އެވެ.

Leave a comment

Your email address will not be published.