Sun, 31 May, 2020, 11:49 am
މާލޭގައި މޫދަށް އެރިއުޅޭ ތަންތަނުގެ ފެން ޓެސްޓް ކުރަނީ
9

މާލޭގައި އާއްމުކޮށް މޫދަށް އެރޭ ތިން ސަރަހައްދުގެ ލޮނު ޓެސްޓްކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގައި އެދެފި އެވެ.

މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވި ގޮތުގައި އެއީ މޫދަށް އެރި އުޅެން ރައްކާތެރި ތަނެއް ކަން ކަށަވެރި ކުރަން ބޭނުންވާ ކަމަށެވެ. އަދި ނަތީޖާއަށްފަހު ރައްކާތެރި ނޫން ތަކެއް ކަމަށް ކަނޑައަޅައިފިނަމަ އެ ހިސާބުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ވިދާޅުވިއެވެ.

ގިނަ އަދަދަކަށް މީހުން މޫދަށް އެރި އުޅޭ ރަސްފަންނު މޫދު ސަރަހައްދުން މިދިޔަ މަހު ފަހުކޮޅުން ނަޖިސް ފެނިގެން އެތަނަށް އެރިއުޅުން މަނާކޮށް، ވަގުތީ ގޮތުން ވަނީ ބަންދުކޮށްފައެވެ. އަދި އެތަނުގެ ފެން ނަގައިގެން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންނަނީ ތަހުލީލުތައް ކުރަމުންނެވެ. އެ ތަހުލީލުތަކުގެ ނަތީޖާ އެ އެޖޭންސީން އަދި ހާމަކޮށްފައެއް ނުވެއެވެ.

މާލޭގެ އެހެން ސަރަހައްދުތަކުގައި ވެސް ނަޖިސް ހުންނަ ކަމުގެ ޝަކުވާ ބޮޑެވެ، މާލޭ ސިޓީ ކައުންސިލުން ނިންމީ ފަތާ ޓްރެކް ސަރަހައްދާއި އާޓިފިޝަލް ބީޗް ސަރަހައްދުން ފެން ނަގާ ޓެސްޓުތައް ހެދުމަށެވެ.

Leave a comment

Your email address will not be published.