.
11 April 2019
މަޤްބޫލު ޙަބަރު

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބާޠިލް ވޯޓް ގިނަވެފައިވަނީ އިންތިޚާބުތަކާއި ގުޅޭ ޢާންމު ޤާނޫނަށް ގެނައި އިޞްލާޙަކާއި ގުޅިގެންކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަނުންބުނީ މިއަހަރުގެ މަޖިލީހުގެ އިންތިޚާބުގައި 4800 (ހަތަރުހާސް އަށްސަތޭކަ) ވޯޓް ބށާާޠިލްވޯޓްގެ ގޮތުގައި ކަނޑައަޅާފައިވާކަމަށާއި އެކަން އެގޮތަށް ވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅޭ އާންމު ގާނޫނަށް ފަހުން ގެނައި އިސްލާހާއި ގުޅިގެންކަމަށެވެ.

އެ އިޞްލާހަކީ ކެނޑިޑޭޓުގެ ނަމާއި ދިމާލުގައި ރަނގަޅު ފާހަގަ ފިޔަވާ އިތުރު އެއްވެސް ކުރެހުމެއް ނުވަތަ ލިޔުމެއް ނުވަތަ ފާހަގައެއް ޖަހައިފިނަމަ ވޯޓް ބާޠިލްވާނެކަމަށެވެ.

ރާއްޖޭގެ ތާރީޚްގައި މަޖިލިސް އިންތިޚާބެއްގައި މިހާ ގިނަ ވޯޓް ބާޠިލްކަމަށް މީގެ ކުރިން ކަނޑައަޅަފައިނުވާއިރު މިފަހަރުގެ އިންތިޚާބުގައި ވޯޓް ލީމީހުންގެ %2.2 ބާޠިލްވޯޓްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

ޝަރީފް ވިދާޅުވީ، މިފަހަރުގެ އިންތިޚާބަށްފަހު އެ ކޮމިޝަނަށް ހުށައަޅާފައިވާ ޝަކުވާތަކާއި ގުޅިގެން ބައެއް ދާއިރާތަކުގެ ވޯޓްތައް ގުނިއިރު ޞައްޙަ ވޯޓްގެ ގޮތުގައި ހުރި ގިނަ ވޯޓް ބާޠިލްކަމަށް ކަނޑައަޅާފައިވާކަން ފާހަގަކުރެވުނުކަމަށެވެ. އެހެންނަމަވެސް އެއްވެސް ދާއިރާގެ ނަތީޖާއަށް ބަދަލު އަންނާނެ އެއްވެސް ޝަކުވާއެއް އަދި އެފަދަ ކަމެއްވެސް އެ ކޮމިޝަނަށް ފާހަގަކުރެވިފައިނުވާކަމަށެވެ.

” ކޮމިޝަނަށް ހުށައެޅުނު ޝަކުވާތަކާއި ގުޅިގެން ބައެއް ދާއިރާތަކުގެ ވޯޓްތައް ގުނިއިރު ޞައްޙަ ވޯޓްގެ ގޮތުގައި ހުރި ގިނަ ވޯޓް ބާޠިލްކަމަށް ކަނޑައަޅާފައިވޭ. ނަމަވެސް އެ ދާއިރާތަކުގެ ނަތީޖާއަށް ބަދަލު އަންނަވަރުގެ އެއްވެސް ޝަކުވާއެއް އަދި އެފަދަ ކަމެއް ފާހަގަކުރެވިފައިނުވޭ.” އީސީގެ ރައީސް ޝަރީފް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©