.
12 April 2019
މަޤްބޫލު ޙަބަރު

ގެސްޓު ހައުސްއެއްގެ ތެރޭގައި އަންހެނަކު ރޭޕް ކުަރްނއުޅެނިކޮށް ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެކަން ހިނގާފައިވަނީ ބުރާސްފަތި ދުވަހުގެރޭ 10:50 ހާއިރު މާފަންނު ގެސްޓް ހައުސްއެއްގެ ތެރޭގައި ކަމަށާއި އެ ހާދިސާގައި ހައްޔަރުކޮށްފައި ވަނީ 32 އަހަރުގެ ދިވެހި ފިރިހެނަކާއި 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެގޮތުން އަންހެނަކު ހަޅޭލައްވާ އަޑަށް ފުލުހުން އެ ގެސްޓު ހައުސްއަށް ވަދެ ބެލިއިރު، ހަތަރު މީހަކު ވެގެން އަންހެނަކު ރޭޕްކުރަން އުޅުނު ކަމަށާއި ދެ މީހަކު ހައްޔަރުކުރިއިރު އަނެއް ދެ މީހުން ފިލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި އެ މީހުން ތިބި ކޮޓަރި ބަލައި ފާސްކުރިއިރު، ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތަށި ތަކަކާއި ފުޅިއެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ މިހާރު ތަހްގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©