ނަސްވާ ހަސަން
13 April 2019
މަޤްބޫލު ޙަބަރު

އަވަސް ފަރުވާ ދިނުމަށް ބަލި މީހާ އޮތް ތަނަށް ޑޮކްޓަރު ނުވަތަ ނަރުހުން ދިއުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ސައިކަލު ބޭނުން ކުރަން އޭޑީކޭ ހޮސްޕިޓަލުން ތައްޔާރުވެއްޖެއެވެ.

ދުނިޔޭގެ ސިއްޙަތު ދުވަހާ ގުޅިގެން އިއްޔެ ހެންވޭރު ދަނޑުގައި ހާއްސަ ފެއާގައި އޭޑީކޭއިން ވަނީ ފަސްޓް ރެސްޕޮންޑާސް ސާވިސްގެ ދަށުން ސައިކަލްގެ ހިދުމަތް ދޭނެ ގޮތް ދައްކާލައިފައެވެ. އެގޮތުން އެ ހިދުމަތުގައި ބޭނުންކުރަނީ ހިދުމަތް ދިނުމަށްފަހު ބަދަލުތަކެއް ގެނެސްފައިވާ ޕީސީއެކްސް ބްރޭންޑުގެ ސައިކަލުތަކެކެވެ.

އޭޑީކޭއިން މައުލޫމާތުދޭ ގޮތުގައި، އެ ހޮސްޕިޓަލުން އެ ހިދުމަތް ފަށަން އޮތީ ތައްޔާރަށް ކަމަށާއި ހިދުމަތް ދިނުމަށް އެކަމަށް ހާއްސަކޮށް ތަމްރީނުކޮށްފައިވާ މީހުން ހަރަކާތްތެރިވާނެ ކަމަށެވެ.

އަދި އެ ހިދުމަތުގެ މުހިންމު މަގްސަދަކީ އެކްސިޑެންޓެއް ދިމާވުމުން އަވަސް ފަރުވާ ދިނުމަށް ބޮޑެތި ގޮންޖެހުމާ ކުރިމަތިލާންޖެހިފައިވާތީ އެކަން ހައްލުކުރުން ކަމަށާއި ނުރައްކާތެރި އެކްސިޑެންޓުތަކުގައި ފަރުވާ ދިނުން އަވަސްވެގެން ދިއުމާއެކު ވަގުތު ސަލާމަތްކުރެވި ފުރާނަ ސަލާމަތްކުރުމުގެ ފުރުސަތު މީގެ ސަބަބުން އިތުރުވެގެންދާނެ ކަމަށް އޭޑީކޭއިން ބުނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©