ނަސްވާ ހަސަން
13 April 2019
މަޤްބޫލު ޙަބަރު

ގައުމީ ބޭންކު، ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ނުކުޅެދުންތެރިކަން ހުންނަ ކުދީންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

ބީއެމްއެލްއިން ބުނީ “ފެތުން ތަރިން” ގެ ނަމުގައި ފެށި އިޖުތިމާއީ އެ ހަރަކާތް ފެށީ، ރާއްޖެފަދަ ކަނޑު ވަށައިގެން އޮންނަ ތަނެއްގަ އުޅޭ ކޮންމެ މީހަކީ ވެސް ފަތަން ދަންނަ މީހަކަށް ވުން ވަރަށް މުހިއްމު ވާތީ ކަމަށެވެ.

އެ ޕްރޮގުރާމު ކުރިއަށް ބީއެމްއެލުން ކުރިއަށް ގެންދަނީ ސްވިމިން އެސޯސިއޭޝަނާ ގުޅިގެން، ވިލިމާލޭގައެވެ. މި ޕްރޮގްރާމްގައި ފަތަން ދަސްކޮށްދޭނީ ސްވިމިން އެސޯސިއޭޝަންގެ ތަޖުރިބާކާރު ކޯޗުންނެވެ.

ބީއެމްއެލުން ބުނީ، އެ ޕްރޮގްރާމްގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް އިލްތިމާސް ކުރާކަމަށެވެ. އެގޮތުން ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް، ސްވިިމިން އެސޯސިއޭޝަނުން ފޯމް ލިބެން ހުންނާނެ ކަމަށް އެ ބޭންކުން ބުނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©