ނަސްވާ ހަސަން
15 April 2019
މަޤްބޫލު ޙަބަރު

ޏ.ފުވައްމުލަކު އައިސް ޕްލާންޓުން މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމް މިފްކޯއިން ހަމަޖައްސައިފި އެވެ.

މިފްކޯއިން މައުލޫމާތު ދޭ ގޮތުގައި ފުވައްމުލަކުގައި ހުރި އައިސް ޕްލާންޓުން 24 ގަޑިއިރު ތެރޭގަ 25 ޓަނުގެ އައިސް އުފައްދާނެ ކަމަށާއި މަސްވެރިންނަށް އައިސް ވިއްކުމުގެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

އޭގެ އިތުރުން މިފްކޯއިން ވަނީ އައްޑޫ ހުޅުމީދޫގައި ހުންނަ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމް ވެސް ހަމަޖައްސާފައެވެ. އެގޮތުން މިހާރު ހިތަދޫގައި ހުންނަ އައިސް ޕްލާންޓުންނާއި، ހުޅުމީދޫ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ހުންނަ އައިސް މަސްވެރިންނަށް އައިސް ލިބިގެންދާނެ ކަމަށް މިފްކޯއިން ބުނެއެވެ.

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އިން ދުވާލެއްގެ މައްޗަށް 100 ޓަނުގެ އައިސް އުފައްދާއިރު ހިތަދޫ އައިސް ޕްލާންޓުން 24 ގަޑިއިރު ތެރޭގައި 50 ޓަނުގެ އައިސް އުފައްދައެވެ.

މިފްކޯއިން ބުނީ މަސްވެރިންގެ ފަރާތުން ލިބެމުންދިޔަ އެންމެ ބޮޑު އެއް ޝަކުވާއަކީ މަސްވެރިންނަށް އައިސް ނުލިބުން ކަމަށާއި ކުރިއަށް އޮތްތަނުގައި މަސްވެރިންނާއި ގުޅިގެން ދަތިތައް ހައްލުކުރުމަށް އިސްކަންދޭނެ ކަމަށް ބުންޏެވެ.

Leave a Reply

haftha.mv ©