ނަސްވާ ހަސަން
15 April 2019
މަޤްބޫލު ޙަބަރު

ސްޓޭޓް ބެންކް އޮފް އިންޑިއާގެ ސެކިއުރީޓީ ކަންކަން ބެލެހެއްޓުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިސްކަންދަރުކޮށި ކޮންފަރެންސް ރޫމްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފެވެ. ސްޓޭޓް ބެންކް އޮފް އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ ކަންޓްރީ މެނޭޖަރ އެންޑް ސީއީއޯ އަމްރޭޝް މޯހަންއެވެ.

މި އެއްބަސްވުމުގެ ދަށުން އެސްބީއައިގެ ފައިސާ އެއްތަނުން އަނެއްތަނަށް ގެންދިއުމަށާއި އެ އިމާރާތް އަދި އޭޓީއެމްގެ ސެކިއުރީޓީ ކަންކަން ބެލެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ދެފަރާތުގެ ރިސޯސް ޝެއަރ ކުރުމާއި މުވައްޒަފުން ތަމްރީނު ކުރުމަށްވެސް އެއްބަސްވުމުގައި ވެއެވެ.

އޭގެ އިތުރުން އެސްބީއައިގެ އޭޓީއެމް ތަކަށް ފައިސާ ގެންދިއުމުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި އެއްތަނުން އަނެއްތަންނަށް ފައިސާ ގެންދިއުމުގައި ބަލަންޖެހޭ ކަންތައްތަކުގެ މައުލޫމާތުވެސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

Leave a Reply

haftha.mv ©