Thu, 4 June, 2020, 1:52 pm
ނިއުޕޯޓްގެ އަތުން މިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޯދަން ކޯޓަށް ހުށައަޅައިފި
11

ލޮނުޒިޔާރަތްކޮޅުގައި ހަދާފައިވާ ނިއުޕޯޓް ވިއު ރެސްޓޯރެންޓް ހުސްކޮށް އެ ބިމުގެ ކުލީގެ ގޮތުގައި އެ ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ މިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޯދަން ހައުސިންގ މިނިސްޓްރީން ސިވިލް ކޯޓަށް މިއަދު މައްސަލަ ހުށަހަޅައިފިއެވެ.

ނިއުޕޯޓް ވިއު ރެސްޓޯރެންޓް ހުންނަ ބިމަކީ، އޭރު ހަދަމުންދިޔަ ބްރިޖްގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބަލާލައި އެ ސަރަހައްދުގައި ވަގުތު ހޭދަކޮށްލާނެ ޕްލެޓްފޯމެއް ހެދުމަށާއި ރެސްޓޯރެންޓެއް ހިންގުމަށް 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސްޓާރާޑާ ކުންފުންޏާ ހަވާލުކުރި ތަނެކެވެ.

ޕުލެޓްފޯމާއި ރެސްޓޯރެންޓަކާއެކު އެ ސަރަހައްދުގައި ސިނަމާއަކާއި ފުޓްސަލް ދަނޑެއް ތަރައްގީކުރަން ވެސް ހައުސިން މިނިސްޓްރީން ސްޓްރާޑާ އަށް ހުއްދަ ދިނެވެ. އެކުންފުންޏާ ފުރަތަމަ އެތަން ހަވާލުކުރީ ތިން އަހަރަށެވެ. ނަމަވެސް 2017 ވަނަ އަހަރު ފަހުން އެ މުއްދަތު ވަނީ އަށް އަހަރަށް އިތުރުކޮށްފައެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ، އެއްބަސްވުމާއި އެއްގޮތަށް ސްޓްރާޑާ ކުންފުނިން ކުލި ނުދައްކާތީ، ބިން ހުސްކުރަން ޕްލޭނިން މިނިސްޓްރީން އެންގި އެންގުމަށްވެސް އަމަލުކޮށްފާ ނުވާ ކަމަށެވެ.

އެގޮތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ، އެކެއް ޑިސެމްބަރު، 2018 އިން ފެށިގެން އެ ބިމުގެ ކުލި ނުދައްކާތީ ކަމަށާއި އެ މުއްދަތުން ފެށިގެން 27 ފެބުރުއަރީ،، 2019 އާ ހަމައަށް އެ ބިމުގެ ކުއްޔާއި ޖޫރިމަނާ ފައިސާގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ 1،149،271 ރުފިޔާ ހޯދުމަށް ކަމަށެވެ.

އެގޮތުން ޕްލޭނިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސްޓްރާޑާ އިން އެއްބަސްވުމާ ޚިލާފުވެފައިވާތީ މި މަހުގެ ހަތް ވަނަ ދުވަހު އެ އެއްބަސްވުން އޮތީ ބާތިލްކޮށްފަ އެވެ. އެއާއެކު އެ ކުންފުނިން ނިއު ޕޯޓް ވިއު މިހާރު ހިންގަމުން ދަނީ ގާނޫނާ ޚިލާފަށް ކަމަށެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ބިން ހުސްކުރަން މިނިސްޓްރީގެ ފަރާތުން ދީފައިވާ މުއްދަތުގައި ބިން ހުސްކޮށްފައިނުވާތީއާ އެބިމުގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާތީވެ، ގާނޫނީގޮތުން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތަކުގައި އޮންނަ އުސޫލުތަކުގެ މަތިން އެތަން ހުސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

Leave a comment

Your email address will not be published.