.
17 April 2019
މަޤްބޫލު ޙަބަރު

ރަމަޟާން މަހު، ސިނަމާލެ ބްރިޖް މަތީގައި ހެވީ ވެހިކަލްއެއް، އެއްވެސް ގަޑިއެއްގައި ދުއްވުމަކީ މަނާކަމެއް ކަމަށް ޓްރާންސްޕޯޓް އެތޯރިޓީން ކަނޑައަޅައިފިއެވެ.

ރަމަޟާން މަހުގައި މާލޭގައި ވިޔަފާރި މުދާ އުފުލުމުގެ ގަޑިތައް ކަނޑައަޅާ ޓްރާންސްޕޯޓް އޮތޯރިޓީން ކުރި އިއުލާންގައި ބުނެފައިވަނީ ހެނދުނު 9:00 އިން ފެށިގެން ހަވީރު 15:00 އަށް އަދި ދަންވަރު 1:00 އިން ހެނދުނު 6:00 އަށް ބުރިޖުން ހުރިހާ ގިންތިއެއްގެ މުދާ އުފުލާ އުޅަނދުގައި ބްރިޖުގައި މުދާ އުފުލޭނެ ކަމަށެވެ. އަދި މި ވަގުތުގައި އުޅަނދުތައް ބުރިޖަށް އަރަން ވާނީ މާލެ ދެކުނު ފަރާތުން ބޮޑުތަކުރުފާނު މަގުން ކަމަށް އެ އިއުލާންގައި ބުނެފައިވެއެވެ.

އެގޮތުން ޓްރާންޕޯޓް އޮތޯރިޓީން ވަނީ ރަމަޟާން މަހު ހަވީރު 15:00 އިން، ދަންވަރު 1:00 އަށް ބްރިޖް މަތިން މުދާ އުފުލުން މަނާ ގަޑިތަކުގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި ރަމަޟާން މަހުގައި ބުރިޖުމަތީގައި އެއްވެސް ބާވަތެއްގެ ހެވީ ވެހިކަލެއް އެއްވެސް ގަޑިއެއްގައި ދުއްވުމަކީ މަނާ ކަމެއް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ކަނޑައަޅާފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©