.
17 April 2019
މަޤްބޫލު ޙަބަރު

މިއަހަރުގެ ރަމަޟާން މަހު އިމާމްވެ ތަރާވީހް ނަމާދު ކުރުމަށް ރާއްޖެއިން ބޭރުން ހާފިޒުން ގެނައުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް ބޭނުންވާ ވިސާއަށް އެދި ހުށަހެޅުމަށް އިމިގްރޭޝަނުން ހުޅުވާލައިފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ކުރި އިއުލާނެއްގައި ބުނީ ރަމަޟާންމަހު ތަރާވީހް ނަމާދު ކުރުމަށް ހާފިޒުން ގެނައުމަށް ދޫކުރެވޭނީ ސްޕެޝަލް ވިސާއެއް ކަމަށާއި، މި ވިސާއަށް އެދި އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމުގައެވެ. އަދި ހާފިޒުންނަށް ވިސާ ދޫކުރެވޭނީ އެ ހާފިޒަކު ރާއްޖެ ގެނައުމަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވާ ނަމައެވެ.

އިއުލާނުގައި އިތުރަށް ބުނެފައިވާގޮތުން ހާފިޒުންނަށް ދޫކުރާ 45 ދުވަހުގެ ސްޕެޝަލް ވިސާއަށް ދައުލަތުގެ އިދާރާއަކުން ހުށަހަޅާނަމަ އެއްވެސް ފީއެއް ނުނަގާނެ އެވެ. ނަމަވެސް އެ ހާފިޒަރު ރާއްޖެ ގެންނަނީ އަމިއްލަ ޖަމިއްޔާއަކުން ނަމަ 750 ރުފިޔާގެ ފީއެއް ދައްކަންޖެހޭނެކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©