ނަސްވާ ހަސަން
17 April 2019
މަޤްބޫލު ޙަބަރު

ކޮންމެ ރަމަޟާން މަހު ބާއްވާ “އެންމެ އަލިގަދަ ތަރި” މުބާރާތަށް އެކަށީގެންވާ ވަރަށް ބައިވެރިން ނުލިބުމުގެ ސަބަބުން މި ރޯދަމަހު މުބާރާތް ނުބާއްވާ ގޮތަށް ޕީއެސްއެމް އިން ނިންމައިފިއެވެ.

ޕީއެސްއެމްގެ ޑިރެކްޓަރު، އިސްލާމިކް ޕްރޮޑަކްޝަން އިބްރާހިމް އިގްބާލް ވިދާޅުވީ، ގުރުއާން މުބާރާތް ބޭއްވުމަށް ބޭނުންވާ ވަރަށް ބައިވެރިން ނުލިބުމުގެ ސަބަބުން މި އަހަރުގެ ރޯދަ މަހު އެ މުބާރާތް ނުބާއްވާ ގޮތަށް ނިންމެވި ނަމަވެސް މި އަހަރުގެ ތެރޭގައި އެ މުބާރާތް ބާއްވާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.

ޕީއެސްއެމުން ވަނީ އެ މުބާރާތް ބޭއްވުމަށް އޮޑިޝަން ބާއްވާ ގިނަ ތައްޔާރީތަކެއް މިއަހަރުވެސްވެފައި ކަމަށް ބުންޏެވެ.

އެގޮތުން އެމުބާރާތުގައި ބައިވެރިވުމަށް ކުރިމަތިލާފައި ވަނީ ޖުމްލަ 24 ބައިވެރިން ނެވެ. އަދި އޭގެ ތެރެއިން 15 ފަރާތެއް ވީޑިއޯ ހުށަހަޅާފައިވެއެވެ. ޖުމްލަ 12 ބައިވެރިންނާއިއެކު ކުރިއަންގެންދާ މުބާރާތެއް ނަމަވެސް ބައިވެރިންގެ އޮޑިޝަންތަކަށް ފަހު ކުރިމަތިލުމުގެ ފެންވަރު ހަމަވާ ތިބީ ހަތަރު ވަރަކަށް ބައިވެރިންކަމަށް ޕީއެސްއެމުން ބުންޏެވެ.

އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިވާ މިއަހަރުގެ މުބާރާތުން އެއްވަނައަށް އަންނަ ފަރާތަކަށް 3 ލައްކަރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން އެންމެ އަލިގަދަ ތަރީގެ ލަޤަބު އެރުވުމަށް ޕީއެސްއެމްއިން ވަނީ ނިންމާފައިވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©