ނަސްވާ ހަސަން
17 April 2019
މަޤްބޫލު ޙަބަރު

ގދ.ތިނަދޫ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރު ޖެންޑާ މިނިސްޓަރު ހުޅުއްވައި ދެއްވައިފި އެވެ.

އެ ސެންޓަރު ހުޅުއްވައި އެތަނުން ދެވޭ ފަރުވާތައް ބެލުމަށްފަހު ޖެންޑާ މިނިސްޓަރު ޝިދާތާ ވިދާޅުވީ އެ ސެންޓަރުން ގިނަ ހިދުމަތްތަކެއް ދެވޭ ކަމަށެވެ. އޭގެ ތެރޭގައި ޑީޓޮކްސިފިކޭޝަން ފަރުވާއާއި ކޮމިޔުނިޓީ ރިހެބިލިޓޭޝަން ފަރުވާއާއި ސައިކޯސޯޝަލް ފަރުވާގެ އިތުރުން ފަރުވާ ނިމިގެން މުޖުތަމައުއަށް އަހުލުވެރިކޮށް އަށަގެނެވުންވެސް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޖެންޑާ މިނިސްޓަރު ގދ ތިނަދޫއަށް ކުރުއްވާ ދަތުރުފުޅުގައި ގދ އަތޮޅު ކައުންސިލް، ގދ ތިނަދޫ ރަށު ކައުންސިލުގެ އިތުރުން ރަށުގެ ގިނަ މުވައްސަސާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ މަސައްކަތްތައް ބައްލަވައިލެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް މުހައްމަދު ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅައިފައިވާ މުހިންމު ވައުދުގެ ތެރޭގައި، ރާއްޖޭގެ ތިން ސަރަހައްދެއްގައި ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރ ގާއިމްކުރެއްވުން ހިމެނޭއިރު އައްޑޫ ސިޓީ ހިތަދޫއާއި ހދ ހަނިމާދޫގައި ގާއިމުކުރެވުނު ސެންޓަރުތަކާއެކު ރައީސްގެ ވައުދު ފުއްދަވައިފި އެވެ.

Leave a Reply

Your email address will not be published.

haftha.mv ©