ނަސްވާ ހަސަން
17 April 2019
މަޤްބޫލު ޙަބަރު

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅިގެން އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު ބައެއް މީހުންގެ ނަން ނަގައިފި އެވެ.

1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާތަކާއިއެކު ޓެރަރިޒަމާއި މަނީ ލޯންޑްރިންގެ މައްސަލަތަކަކާ ގުޅިގެން ރެޑް ނޯޓިސް ނެރުނީ އެޗްޑީސީގެ ކުރީގެ ޗެއާމަން މުހައްމަދު އަސީލާއި މުހައްމަދު އައްލާމް ލަތީފާއި އަހުމަދު އިޝްފާހު އަލީ އާއި މުހައްމަދު ހުސައިން (އޮއިއްޓޭ) ގެ އެވެ.

ފުލުހުން ބުނީ އެމީހުންގެ މައްޗަށް ރެޑްނޯޓިސް ނެރުނީ ތަހުގީގަށް ހާޒިރު ނުކުރެވިގެން ކަމަށެވެ. ރެޑް ނޯޓިސް ނެރުނު އިރު، އެ މީހުން ވަނީ ރާއްޖެ އިން ފިލައިފައިވީ ނަމަވެސް މިހާރު އެމީހުންނަށް ފުލުހުންނަށް އެކްސެސްވެވި ތަހުގީގަށް ބޭނުންވާ ބަޔާންތައް ލިބިފައިވާތީ ނޯޓިސް ނެގީ ދައުލަތުން އެދިގެން ކަމަށް ފުލުހުން ބުނެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި ބޮޑު ޚިޔާނާތުގެ ތަހުގީގަށް ފަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ރިޕޯޓެއް އާންމުކޮށްފަ އެވެ. އެ ރިޕޯޓުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާ، ދީފައިވާ މީހުންނާއި ކުންފުނިތަކުގެ އެކައުންޓް ހާމަކޮށްފައިވެ އެވެ.

މި ހަތަރު މީހުންގެ ނަން އިންޓަޕޯލް ވެބްސައިޓުން ނުފެނުނު ނަމަވެސް، ކުރީގެ ރައީސް ޔާމީން ދަތުރުކުރަމުން ދިޔަ ފިނިފެންމާ ލޯންޗުކޮޅު ގޮއްވާލި ހާދިސާއާ ގުޅިގެން ހޯދަން އިއުލާން ކުރި މުހައްމަދު ވިޝާމްގެ ނަން ވެބްސައިޓުން ފެނެ އެވެ. މީގެ އިތުރުން އިންޓަޕޯލްގެ ވެބްސައިޓުގަ މިހާރުވެސް 11 ދިވެއްސަކު ހޯދަން ރެޑްނޯޓިސް ވަނީ ނެރެފަ އެވެ.

Leave a Reply

haftha.mv ©