.
18 April 2019
މަޤްބޫލު ޙަބަރު

މާލެއާއި ހުޅުލެއާއި ހުޅުމާލެއާއި ދެމެދު ކުރާ ޓެކްސީ ދަތުރުތަކަށް، މީޓަރު ބޭނުންކޮށްގެން ފީ ނަގަން، ތިން މަސް ތެރޭގައި ފަށާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު އާދިލް ވިދާޅުވީ ޓެކްސީތަކުގައި މީޓަރުގެ ގޮތުގައި ބޭނުންކުރާނީ މޮބައިލް އެޕްލިކޭޝަނެއްކަމަށާއި މި އެޕްލިކޭޝަންގައި ހިމަނާނެ ބައިތައް އަންނަ މަހު އިއުލާންކުރައްވާނެކަމަށެވެ. އަދި މި އެޕްލިކޭޝަން މެދުވެރިކޮށް ދަތުރުގެ ދިގުމިނާއި އަދި ދަތުރަށް އަރާ ފައިސާގެ ޖުމްލަ ފަސޭހަކަމާއިއެކު ބަލާލެވޭނެކަމަށްވެސް އާދިލު ވިދާޅުވިއެވެ.

އާދިލް ވިދާޅުވީ ޓެކްސީތަކުގައި ބޭނުންކުރާނީ ދިވެހި ޑިވެލޮޕަރުން ރާއްޖެއަށް ޚާއްސަކޮށްގެން ތައްޔާކޮށްފައިވާ މީޓަރު އެޕްލިކޭޝަންތައްކަމަށެވެ. މިހާރުވެސް ރާއްޖޭގައި މިފަދަ އެޕްލިކޭޝަންތައް ހުރިކަމަށާއި ނަމަވެސް މީޓަރު ބަލައިގެން ފައިސާ ނަގަން ފަށާނީ ހުންނަންޖެހޭ ބައިތައް ކަނޑައަޅާ އެބައިތައް ހިމެނުމަށްފަހުގައިކަމަށް އާދިލް ވިދާޅުވިއެވެ.

އާދިލް ވިދާޅުވީ މީޓަރު ބޭނުންކުރަން ފެށުމުން ކިލޯމީޓަރަށް ނަގާނެ އަގުތައް ކަނޑައެޅުމުގެ ބާރު އޮންނާނީ މިނިސްޓްރީ އަތުގައިކަމަށާއި އެގޮތުން އެޕްލިކޭޝަން ތައްޔާރުކުރާނީ ޓެކްސީ ސެންޓަރުތަކާއި ޑްރައިވަރުންނަށް އެ އެޕްލިކޭޝަންގެ ބައިތަކަށް ވަދެ ބަދަލުކުރުމުގެ ފުރުސަތު ނޯންނަ ގޮތަށްކަމަށެވެ.

ޓެކްސީތަކުގައި މީޓަރު ބޭނުންކުރަން ފެށުމުން އެ ޓެކްސީއެއް ދަތުރުކުރީ ކިހާ ވަގުތަކުތޯއާއި އެ ދިޔަ ތަންތަނާއި ދަތުރު ނުކުރާ ޓެކްސީތައް މިނިސްޓްރީއަށް އެގޭނެކަމަށްވެސް އާދިލު ވިދާޅުވިއެވެ.

މީޓަރު ބަލައިގެން ފައިސާ ނެގުމަށް އަދި ހަމަޖެހިފައިވަނީ ހަަމައެކަނި މާލެއާއި، ހުުޅުލެއާއި ހުޅުމާލެއާއި ދެމެެދު ކުރާ ދަތުރުތަކަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©