Mon, 1 June, 2020, 6:05 pm
ޕީޖީ ގްރޫޕްގައި ވޯޓު ވިއްކަން ފުރުސަތުދީގެން ނުވާނެ: އިންތި
3

މަޖިލިހުގެ ރައީސް ކަމަށް ބޭފުޅަކު ކަނޑައެޅުމަށް އެމްޑީޕީގެ ޕީޖީގްރޫޕްގައި ސިއްރު ވޯޓެއް ނެގުމަކީ ވޯޓު ވިއްކަން ހުޅުވާލެވޭ ފުރުސަތެއް ކަމަށާއި، އެހެންކަމުން އެމްޑީޕީގެ ޕީޖީގައި އެކަމަށް ޖާގަ ދިނުމަށް އެއްވެސް މަސައްކަތެއް ކޮށްގެންނުވާނެކަމަށް ރައްޔިތުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ އެމްޑިޕީ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.

އިމްތިޔާޒް ފަހުމީ މިހެން ވިދާލުވެފައިމިވަނީ މަޖިލީހުގެ ރައީސްކަމަށް ގެންނާނެ ބޭފުޅަކު ކަނޑައެޅުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ނަގަން ޖެހޭނީ ސިއްރު ވޯޓެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި، އަދި އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރުވެސް ހޮވަނީ ޕީޖީ ގްރޫޕުގައި ނަގާ ސިއްރު ވޯޓަކުން ކަމަށް ވިދާޅުވެ އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވުމާއި ގުޅިގެންނެވެ.

ރޮޒެއިނާ ވިދާޅުވީ ޤައުމުގެ މަތީ މަޤާމުތަކަށް އަންނަ މީހުން ހޮވަން ނަގާ ވޯޓުތައް ސިއްރުކުރާ ސަބަބަކީ ނުފޫޒުން އެއްކިބާވެހުރެ، ވޯޓުލުމުގެ ފުރުޞަތު ދިނުމަށް ކަމަށެވެ. އަދި ހޮވޭ މީހާއަށް ވޯޓު ނުދޭ މީހުންނަށް ތަފާތު ކުރުމުގެ ފުރުޞަތު ނުދިނުމަކީވެސް ސިއްރުކޮށް ވޯޓުލާ ސަބަބެއް ކަމަށް ރޮޒެއިނާ ވިދާޅުވެފައިވެއެވެ.

މަޖިލިސް ރައީސްކަމަށް މިހާތަނަށް އެމްޑީޕީން ފަސް ބޭފުޅަކު ޝަޢުޤުވެރިކަން ފާޅުކުރައްވާފައިވާއިރު އެމްޑީޕީ ޕީޖީ ގްރޫޕުގައި މަޖިލިސް ރައީސްކަމަށް އެޕާޓީން ހުށަހަޅާނެ ނަމަކަށް ވޯޓަށް އަހާނީ ސިއްރުން ކަމެއް ނުވަތަ ނޫން ކަމެއް އަދި ނިންމާފައެއް ނުވެއެވެ. ނަމަވެސް އެކަމާ ގުޅިގެން ސޯޝަލް މީޑއާގައި ބޮޑު ބަހުސެއް ފެށިފައިވާއިރު

މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ މަޖިލިހުގެ ރައީސް ކަމަށް ނަމެއް ކަނޑައެޅުމަށް ޕީޖީގައި ސިއްރު ވޯޓެއް ނެގުމަކީ މިހާތަނަށް އެމްޑީޕީން ދުވަހަކުވެސް ކުރި ކަމެއް ނޫން ކަމަށެވެ. ސިއްރު ވޯޓު ނެގުމަކީ ވޯޓު ވިއްކަން ހުޅުވާލެވޭ ފުރުސަތެއް ކަމަށާއި އެމްޑީޕީގެ ޕީޖީގައި އެކަމަށް ޖާގަ ދިނުމަށް އެއްވެސް މަސައްކަތެއް ކުރައްވައިގެން ނުވާނެ ކަމަށް އިމްތިޔާޒު ވަނީ ވިދާޅުވެފައެވެ.

19ވަނަ މަޖިލީހުގެ ރައީސް ކަމަށް މިހާތަނަށް އެމްޑީޕީގެ ފަސް ބޭފުޅަކު ވަނީ ޝަޢުޤުވެރިކަން ފާޅުކުރައްވާފައެވެ. އޭގެތެރޭގައި ރައްޔިތުން މަޖިލީހުގެ ދެ ދައުރު ފުރިހަމަ ކުރައްވާ ތިންވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފައިވާ މެންބަރުން ހިމެނެއެވެ. މި ފަސް މެންބަރުންގެ މެދުގައި އެމްޑީޕީގެ ޕީޖީ ގްރޫޕުގެ މެދުގައި ވޯޓެއް ނަގާނެއެވެ. އެ ވޯޓު ނެގުމުގެ ބޭނުމަކީ މަޖިލިސް ހުވާ ކުރުމަށްފަހު ބާއްވާ ޖަލްސާގައި މަޖިލިސް ރައީސްކަމާއި ނާއިބު ރައީސްކަމަށް މެންބަރުން އިންތިޚާބު ކުރައްވާނެތީ އެމްޑީޕީގެ ފަރާތުން މަޖިލީހަށް ނަމެއް ހުށަހެޅުމުގެ ބޭނުމުގައެވެ.

Leave a comment

Your email address will not be published.