Sun, 31 May, 2020, 10:50 am
އާޓިފިޝަލް ބީޗް ޕާކެއްގެ ގޮތުގައި ތަރައްގީކޮށް ރޯދައަށް ހުޅުވަނީ
3

އާޓިފިޝަލް ބީޗް ޕާކެއްގެ ގޮތުގައި ތަރައްގީކޮށް ރޯދަޔަށް ހުޅުވުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.

އެމްޓީސީސީން ވިދާޅުވިގޮތުގައި ރައީސް އޮފީހުގެ އެދުމުގެ މަތިން އެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރަމުން އަންނަ ކަމަށާއި ރޯދަޔަށް އެއްކޮށް ނުނިމުނު ނަމަވެސް ޕާކަކަށް ހަދައި އެތަން ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ

އެގޮތުން ރޯދައިގެ ކުރިން އެ ސަރަހައްދުގައި އިތުރު ގަސް އިންދައި އިށީންނާނެ ބެންޗްތައް ބެހެއްޓުމަށް ހަމަޖެހިފައި ވެއެވެ. އަދި ތަރައްގީ ކުރުމުގެ ތެރޭގައި އެ ސަރަހައްދަށް މޫދަށް އެރޭ މީހުންނަށް ހާއްސަ ފާހާނާ ބަރިއަކާއި މޫދަށް އެރޭ ސަރަހައްދު އިތުރަށް ފުންކުރުމުގެ އިތުރުން ލައިފް ގާޑުން ތިބޭނެ ޕޯސްޓްތަކެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އާޓިފިޝަލް ބީޗް ސަރަހައްދު ތަރައްގީ ކުރުމަށް އެތަން ހުސްކުރި ނަމަވެސް ވެރިކަން ބަދަލުވިއިރު ވެސް އެތަނުގެ މަސައްކަތެއް ފެށިފައެއް ނުވެއެވެ.

Leave a comment

Your email address will not be published.