ނަސްވާ ހަސަން
20 April 2019
މަޤްބޫލު ޙަބަރު

ލ. ފޮނަދުއަށް ބޮޑު ނަގޫރޯޅިއެއް އަރާ ރަށު ތެރެއަށާއި ގެތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ރޭގެ ފަތިހުގެ ވަގުތެއްގައިި ފޮނަދުއަށް އެރި ނަގޫރޯޅީގައި ގިނަ ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވެއެވެ. އެގޮޮތުން ބައެއް ގެތަކުގެ ފުރާޅު އެއްކޮށް އެއްލާލާފައިވާ އިރު، ބޮޑެތި ގަސްތައް ވެއްޓުމުގެ ސަބަބުންވެސް ގޭގެއަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ.

އެގޮތުން ބޮޑަށް ގެއްލުން ލިބިފައި ވަނީ އެރަށު ބަރާސިލް އަވަށު ހިސާބަށެވެ. ނަގޫރޯޅީގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާއިރު، އެ ހިސާބުގެ ފަސްވަރަކަށް ގޭގެ ފުރާޅުވެސް އެއްކޮށް އެއްލާލާ، ގޭގެ ބަހައްޓާފައިވާ ވެހިކަލް ފަދަތަކެއްޗަށާއި ބޮޑެތި ގަސްތަށް ބެވަނީ ގެއްލުންތަކެއް ލިބިފައެވެ. އަދި ބޮޑެތި ގަސްތައް ވެއްޓުމުގެ ސަބަބުންވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ

ނަގޫރޯޅި އެރުމުގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އިތުރުން ފުލުހުންވެސް މިހާރު ދަނީ ހަރަހާތްތެރިވަމުން ކަމަށް އެޑްއެންޑީއެފުން މައުލޫމާތު ދެއެވެ.

ރާއްޖޭގެ އެކި ހިސާބަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މުޅި ރާއްޖެއަށް ވަނީ ހުދު އެލާޓް ނެރެފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©