ނަސްވާ ހަސަން
20 April 2019
މަޤްބޫލު ޙަބަރު

ރޭ ފަތިހު ލ. ފުނަދޫ އަށް އެރި ނަގޫރޯޅީއާއެކު ގިނަ ގެތަކަށް ބޮޑެތި ގެއްލުންތައް ވެފައިވާއިރު، މީހުން ދިރިއުނޫޅެވޭވަރަށް އެ ރަށުގެ ހަ ގެއަކަށް ގެއްލުން ލިބިފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.

މިއަދު ޑިޒާސްޓާއިން ބޭއްވި ޕްރެސްގައި ޑިރެކްޓާ ޖެނެރަލް ސޮފީނާޒް ހަސަން ވިދާޅުވީ ފޮނަދޫގައި ގެއްލުން ލިބިފައިވާ ގޭގެ މައުލޫމާތު ނަގާ، އެހީތެރިކަން ފޯރުކޮށްދެމުންދާ ކަަމަށެވެ. އެގޮތުން ނަގޫރޯޅިއާއެކު ޖުމްލަ 12 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، އޭގެ ތެރެއިން ހަ ގެއެއްގައި މީހުން ދިރިނޫޅެވޭ ވަރަށް ގެއްލުންތައް ލިބިފައިވާ ކަމަށެވެ.

ޑިޒާސްޓާގެ ޑެޕިއުޓީ ޗީފް އެގްޒެކިއުޓިވް އުމަރު ފިކުރީ ވިދާޅުވީ ލ އަތޮޅަށް އައި ކޮޅިގަނޑުގައި ފޮނަދޫގެ އިތުރުން ހިދަތުއަށްވެސް ވިއްސާރައިގެ އަސަރުކޮށް އެރަށު ގެއެއްގެ ފުރާޅުވެސް އެއްލާލާފައިވާ ކަމަށެވެ. އެގޮތުން ގޭގެއަށާއި އެހެނިހެން އެއްޗެއްސަށް ވެފައިވާ ގެއްލުންތަކުގެ އެސެސްމަންޓެއް މިހާރު ދަނީ ހަދަމުން ކަމަށެވެ.

އޭގެ އިތުރުން އެސެސްމަންޓް ޑިޒާސްޓާގެ އެސެސްމަންޓް ޗީފް އެގެޒެކެޓިވް ހިސާން ހަސަން، އަދި ހައުސިން އެންޑް އާބަންގެ އިންޖިނިއަރަކު، މިއަދު ފޮނަދުއަށް ދާނެ ކަމަށާއި މިއަދު ހަވީރާ ހަމައަށް އެސެސްމެންޓް ނިންމާ، ގޭގޭގެ ހުރިހާ ކަމަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭ ވަރު ވާނެ ކަމަށްވެސް އުމަރު ވިދާޅުވި އެވެ.

ނަގޫރޯޅި އެރުމުގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އިތުރުން ފުލުހުންވެސް މިހާރު ދަނީ ހަރަހާތްތެރިވަމުންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©