Mon, 1 June, 2020, 5:53 pm
ލަންކާގައި ދިރިއުޅޭ ދިވެހިން ބޭރަށް ނުނިކުތުމަށް އިލްތިމާސްކޮށްފި
13

ގިނަ ދިވެހިން ދިރިއުޅެމުންދާ އަވަށްޓެރި ސްރީލަންކާގައި މިއަދު ހެނދުނު އެކި ސަރަހައްދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން އެ ގައުމުގައި ދިރިއުޅޭ ދިވެހިން މަގުމައްޗަށް ނުކުމެ ނުހެދުމަށް އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީން އިލްތިމާސްކޮށްފިއެވެ.

އެމްބަސީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ލަންކާގައި ދިރިއުޅޭ ހުރިހާ ދިވެހިންގެ ހާލުވެސް ވަރަށް ގާތުން ބަލަމުންދާކަމަށެވެ. އެގޮތުން ދިވެހިން ބޭރަށް ނިކުމެ ނުހެދުމަށާއި އެއްވެސް އެހީތެރިކަމެއް ބޭނުންނަމަ ދިވެހި އެމްބަސީގެ 94727277072، 9476608660 އަދި 94764189900 ނަންބަރަށް ގުޅުމަށް ވަނީ އެދިފަ އެވެ.

ޖުމްލަ ހަ ތަނަކަށް ބޮމުގެ ހަމަލާދިންކަމަށް ރިޕޯތްތައް ބުނާއިރު، ކޮލަމްބޯގައި ހުންނަ ސެއިންޓް އެންތަނީ ޗާޗުގެ އިތުރުން ސެއިންޓް ސެބެސްޓިއަން ޗާޗުގައި ވަނީ ބޮން ގޮއްވާފައެވެ. މީގެ އިތުރުން ދިވެހިން ގިނަ އަދަދަކަށް ގޮސްއުޅޭ ފަސްތަރީގެ ހޮޓާތަކަށް ވެސް ބޮމުގެ ހަމަލާތަކެއް ދީފައިވާ ކަމަށް ރިޕޯތްތައް ބުނެއެވެ. އޭގެ ތެރޭގައި ޝަންގްރިލާ، ސިނަމަން ގްރޭންޑްގެ އިތުރުން ކިންގްސްބަރީއަށް ހިމެނޭކަމަށް ވެއެވެ.

ރިޕޯޓްތައް ބުނާގޮތުން، އެ ހަމަލާތަކުގައި މިހާތަނަށް 160 މީހުން ވަނީ މަރުވެފައެވެ. އަދި 200 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ދިވެހިން ގިނަ އަދަދަކަށް ދިރިއުޅޭ ކޮލަމްބޯގައި މިއަދު ދިން ވަރުގަދަ ހަަމަލާތަކުގައި އެއްވެސް ދިވެއްސަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ.

ފޮރިން މިނިސްޓްރީން ވެސް ބުނީ، އެ ހާދިސާތަކުގައި ދިވެއްސަކަށް އަނިޔާވިތޯ ބަލަމުންދާ ކަމަށެވެ. އަދި އެމަޖެންސީ ކޮންސިލުއާރ ހިދުމަތް ބޭނުންވާ މީހުން ކޮންސިއުލަރ ހޮޓްލައިން 7983400 އަށް ގުޅުވުމަށް މިނިސްޓްރީން އެދެއެވެ.

Leave a comment

Your email address will not be published.