Thu, 4 June, 2020, 11:37 am
ލަންކާގައި ހިންގީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
5

ގިނަ ދިވެހިން ދިރިއުޅެމުންދާ ސްރީލަންކާއަށް މިއަދު ހެނދުނު ކުއްލި ގޮތަކަށް ދިން ޓެރަރިޒަމްގެ ވަރަށް ފިނޑި އަމަލެއް ކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓެރަރިޒަމް ހަމަލާއަކީ ވަރަށް ފިނޑި އަމަލެއް ކަަމަށާއި އެ ހަމަލާގެ ސަބަބުން އަސަރުކުރި އެންމެންނަށް އެމަނިކުފާނުގެ އިހުލާސްތެރި ހެޔޮދުއާ ރައްދުކުރައްވާ ކަމަށެވެ. އަދި ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ސްރީލަންކާއާ އެކު ޓެރަރިޒަމްގެ އަމަލުތަކާއި ދެކޮޅަށް މަސައްކަތްކުރަން ކަމަށް ވިދާޅުވިއެވެ.

ހަމަލާއާ ގުޅިގެން ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ ޓްވީޓު ކުރައްބާ ލަންކާގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާ ކުށްވެރިކުރައްވާ އެ ހަމަލާގެ ސަބަބުން ގެއްލުންވި އާއިލާތަކަށް ހަމްދަރުދީވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

ބޮމުގެ ހަމަލާއާ ގުޅިގެން އެ ގައުމުގައި ދިރިއުޅޭ ދިވެހިން މަގުމައްޗަށް ނުކުމެ ނުހެދުމަށް އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީން އިލްތިމާސްކޮށްފިއެވެ.

ރިޕޯޓްތައް ބުނާގޮތުން، އެ ހަމަލާތަކުގައި މިހާތަނަށް 160 މީހުން ވަނީ މަރުވެފައެވެ. އަދި 200 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Leave a comment

Your email address will not be published.