Thu, 4 June, 2020, 1:21 pm
ރައީސް ކްރިކެޓް މެޗް ބައްލަވަން އިންޑިއާއަށް ފުރާވަޑައިގެންފި
2

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިންޑިއާގެ ކްރިކެޓް ބޯޑުން ލިބުނު ދައުވަތަކަށް ކްރިކެޓް މެޗެއް ބައްލަވަން .މިއަދު އިންޑިއާއަށް ފުރާވަޑައިގެންފި އެވެ

  ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ވިދާޅުވީ، އެދަތުރުފުޅަކީ އިންޑިއާގެ ކްރިކެޓް ބޯޑްގެ ދައުވަތަކަށް އިންޑިއާގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ ކްރިކެޓް މެޗެއް ބައްލަވާލެއްވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.

އެގޮތުން އެއީ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި ވިރާޓް ކޯލީ ކެޕްޓަންކަން ކުރާ ރޯޔަލް ޗެލެންޖާސް ބެންގަލޫރާއި އެމްއެސް ދޯނީ ކެޕްޓަންކަން ކުރާ ޗެންނާއީ ސުޕަ ކިންގްސް ބައްދަލުކުރާ މެޗު ބައްލަވާލެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ހޫދު ވިދާޅުވި އެވެ.

ހޫދު ވިދާޅުވީ މާދަމާގެ ވަގުތެއްގަ ރައީސް އެނބުރި ރާއްޖެ ވަޑައިގަންނަވާއިރު، އިންޑިއާގެ ބެންގަލޫރުގައި ދިރިއުޅެމުން ގެންދާ ދިވެހިންނާ ރައީސް ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ

ހިޔާލު ފައުޅުކުރައްވާ

Leave a comment

Your email address will not be published.