Mon, 25 May, 2020, 9:53 pm
ޕީޕީއެމްގެ ލީޑާޝިޕްގެ އިސްތިއުފާއަށް ގޮވާލުމަށްފަހު ނިހާން ޕީއެންސީއަށް
27

ޕީޕީއެމްގެ ކުރީގެ ޕީޖީ ގުރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ)އާ މިއަދު ގުޅިވަޑައިގެންފިއެވެ.

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ވެސް ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފެއްދެވި ކޮންގުރެސް ޕާޓީއާ ގުޅިވަޑައިގަތީ މިއަދުއެވެ.

ސޮއިކުރެއްވުމަށްފަހު ނިހާން ވަނީ ޕާޓީގެ މެންބަރުޝިޕް ފޯމް އެޕާޓީގެ ވަގުތީ ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ކުރީގެ އެކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާ ހަވާލުކުރައްވައިފައެވެ.

ނިހާން މިއަދު ޕީއެންސީއާ ގުޅިވަޑައިގެންނެވިއިރު، އޭނާ ވަނީ ރިޔާސީ އިންތިހާބާއި ނިމިދިޔަ މަޖިލިސް އިންތިހާބުގައި ޕީޕީއެމްއަށް ނާކާމިޔާބީއާ ކުރިމަތިވީ ޕާޓީގައި ހަރުދަނާ ލީޑާޝިޕެއް ނެތުމުން ކަމަށް ވިދާޅުވެ ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައިފައެވެ.

އަދި ޕީޕީއެމްގެ ލީޑާޝިޕްގައި ތިއްބެވި ހުރިހާ ބޭފުޅުންގެ އިސްތިއުފާ ދެއްވާ އާ ލީޑާޝިޕަކަށް ޖާގަ ދިނުމަށް އޭނާ ވަނީ ގޮވާލައްވައިފައެވެ.

ނިމިދިޔަ ރައްޔތުން މަޖިލީހުގެ އިންތިހާބުގައި އުފަން ރަށުން، ތިނަދޫ ދެކުނު ދާއިރާއަށް ކުރިމަތިލައްވައިގެން ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެން ނިހާން ޕީއެންސީއަށް މިއަދު ސޮއިކުރެއްވިއިރު، އަންނަ ހުކުރު ދުވަހު އެޕާޓީގެ ކޮންގުރެސް ބާއްވަން ވަނީ ނިންމައިފައެވެ.

ކޮންގުރެސްގައި ޕީއެންސީގެ ރައީސް އާއި އިސް މަގާމުތަކަށް ދާއިމީ ބޭފުޅުން އިންތިހާބު ކުރާނެއެވެ.

Leave a comment

Your email address will not be published.