މުޙައްމަދު އީމާން
21 April 2019
މަޤްބޫލު ޙަބަރު

އެކި މައްސަލަތަކުގައި ގަވާއިދާ ހިލާފުވެގެން ކަސްޓަމްސްގެ ބޮންޑެޑްވެއާ ހައުސްގައި ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި އޫރު މަސް ނައްތާލައިފިއެވެ.

ކަސްޓަމްސްގެ އޮފިސަރުންނާއި ނޫސްވެރިންގެ ހާޒިރުގައި އެ ތަކެތި ނައްތާލާފައިވަނީ ތިލަފުށީގައި ކުނި ނައްތާލާ ސަރަހައްދުގައެވެ.

ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 36 ފުޅި ބަނގުރަލާއި 415.45 ކިލޯގެ އޫރު މަހެވެ. ނަމަވެސް މިއީ ކޮން މުއްދަތެއްގެ ތެރޭގައި ހިފަހައްޓާފައިވާ ތަކެއްޗެއް ކަމެއް ސާފެއް ނުވެއެވެ.

ކަސްޓަމްސް އިން ބުނީ، އެ ތަކެއްޗަކީ ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްގެ އާންމު ގަވާއިދުގެ 264 ވަނަ މާއްދާ އާއި 423 އަދި 424 ވަނަ މާއްދާގެ ދަށުން ހިފަހައްޓާފައިވާ ތަކެތި ކަމަށެވެ.

އިމްޕޯޓްކުރުމުގެ ގާނޫނާއި ގަވައިދުތަކާ ޚިލާފަށް އެތެރެކުރާ ތަކެއްޗާއި ރާއްޖެ އެތެރެކުރުން މަނާ ތަކެތި ކަސްޓަމްސް އިން ހިފަހައްޓައި ނައްތާލާނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©