ނަސްވާ ހަސަން
23 April 2019
މަޤްބޫލު ޙަބަރު

އަވައްޓެރި ސްރީލަންކާގައި ގިނަ ދިވެހިން އުޅެމުންދާއިރު، ދިވެހިން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތަކުން ރޭ ބޮމެއް ފެނިއްޖެއެވެ.

ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައިވާ ސަފީރު އުމަރު އަބްދުއްރައްޒާގު ރޭ ވިދާޅުވި ގޮތުގައި އެ ބޮން ފެނުނީ ދިވެހި ދެ އާއިލާއެއް ދިރިއުޅެމުންދާ މައުންޓް ލެވީނިއާގެ އެޕާޓްމެންޓުގެ ބިލްޑިންއެއްގެ 11 ވަނަ ފްލޯއިން ކަމަށެވެ.

އެ ބޮން ފެނުނު ވަގުތު ލަންކާގެ ސަލާމަތީ ބާރުތަކުން އެންގި، އެޕާޓްމަންޓުތަކުން މީހުން ބޭރަށް ނުނިކުތުމަށާއި އަދި އިތުރަށް އެއްވެސް މީހަކު އެޕާޓްމަންޓަކަށް ނުވަނުމަށް ކަމަށް ސަފީރު ވިދާޅުވި އެވެ.

މިހާރު ލަންކާގެ ސަލާމަތީ ބާރުތަކުގެ ރައްކާތެރިކަމާއެކު އެބޮން ނައްތާލާފައިވާ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

ލަންކާ ގައި ގިނަ ދިވެހިން ދިރިއުޅެމުންދާއިރު، އާދިއްތަ ދުވަހު ލައްކާއަށް ދިން ހަމަލާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުލިބެއެވެ.

ފުލުހުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އިއްޔެ ދިން ބޮމުގެ ހަމަލާތަކުގައި 290 މީހުން ވަނީ މަރުވެފައެވެ. އަދި 500 އަށްވުރެ ގިނަ މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ.

ހަމަލާތައް ދީފައިވަނީ ބައިނަލް އަގުވާމީ ނެޓްވޯކެއްގެ އެހީގައި ކަމަށް އެގައުމުގެ ބިނެޓުގެ ތަރުޖަމާނު އަދި ހެލްތ މިނިސްޓަރު ރަޖިތާ ސެނަރަޓްނަ ވިދާޅުވެފައިވާއިރު ހަމަލާތަކާއި ގުޅިގެން 24 މީހުން ވަނީ ހައްޔަރުކޮށްފައެވެ.

ލަންކާގެ އެކި ސަރަހައްދުތަކުން އެކި ކަހަލަ ބޮންތައް ފެންނާތީ، ލަންކާގެ ފުލުހުންނާއި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©