ނަސްވާ ހަސަން
23 April 2019
މަޤްބޫލު ޙަބަރު

ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކު ނުކުރެވޭ އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގެ ބިން މިލްކު ނުކޮށްދެވޭނެ ކަމަށް ބަޔާންކޮށް މިމަހުގެ 15 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ޤާނޫނު އަސާސީ އަށް ގެނައި އިސްލާހު މިއަދު ތަސްދީގު ކޮށް، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ރާއްޖޭގައި ކޮށްފިނަމަ ރާއްޖެއިން ބިން މިލްކް ކުރެވޭ ގޮތައް އޮތް ގާނޫނު އަސާސީގެ މާއްދާ މިވަނީ ބަދަލުކޮށްފަ އެވެ.

އެގޮތުން ދެން ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް ކުއްޔަށް ނުވަތަ އެނޫންގޮތަކަށް ވެސް ދެވޭނީ އެންމެ ދިގުވެގެން ނުވަދިހަނުވަ އަހަރުގެ މުއްދަތަކަށެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޤާނޫނު އަސާސީ އަށް އެގޮތަށް އިސްލާހު ގެނައި އޭރުގެ އިދިކޮޅު ގިނަ މެންބަރުންގެ ވެސް ތާއީދާއި އެކުއެވެ. ނަމަވެސް ފަހުން އިދިކޮޅު ފަރާތްތަކުން އެއިސްލާހާއި ދެކޮޅެވެ.

Leave a Reply

Your email address will not be published.

haftha.mv ©