މުޙައްމަދު އީމާން
23 April 2019
މަޤްބޫލު ޙަބަރު

ބްލޮގާ ޔާމީން ރަޝީދު އަނިޔާވެރި ގޮތަކަށް މަރާލިތާ މިއަދަށް ދެ އަހަރު ފުރުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓުވީޓަކުން ގިނަ ބަޔަކަށް އުއްމީދު އާކޮށްދީފިއެވެ.

ޔާމީން މަރާލިތާ ދެ އަހަރުވުމާ ގުޅިގެން އެމަނިކުފާނު ކުރެއްވި ޓްވީޓުގައި، ޔާމީން އެންމެ ފަހުން ކުރި ޓްވީޓުގައި ބޭނުންކޮށްފައިވާ ރަތް ކުލައިގެ ފުއްޕާހަމުގެ އިމޯޖީއާ ވަނީ ބޭނުންކުރައްވައިފައެވެ.

އަދި ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލާގައި އިންސާފު ހޯދުމަށް ބޭނުންކުރާ ޝިއާރު، “ދުލެއްނުކުރާނަން” ވަނީ ޓުވީޓުގައި ބޭނުންކުރައްވައިފައެވެ.

ރައީސް ސޯލިހުގެ އެ ޓުވިޓާއެކު އެމަނިކުފާނަށް ގިނަ ބަޔަކު ދަނީ ޝުކުރު އަދާ ކުރަމުންނެވެ. އަދި ބައެއް މީހުން ބުނެފައިވަނީ، އެމީހުން ވޯޓު ދިން ސަބަބަކީ މިއީ ކަމަށާއި ރިލްވާނާއި ރައީސް ސޯލިހުގެ ވެރިކަމުގައި ޔާމީނާއި ރިލްވާންގެ މައްސަލާގައި އިންސާފު ހޯދޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ބުނެފައިވެއެވެ.

ރިލްވާންއަށް ވީގޮތް ހޯދައި ޔާމީންގެ މަރަށް އިންސާފު ހޯދައިދިނުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.

އެގޮތުން މަގާމުގެ ހުވާކުރެއްވުމަށްފަހު އެމަނިކުފާނު ފުރަތަމަ އުފެއްދެވި އެއް ކޮމިޝަނަކީ ވެސް އެފަދަ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނެވެ.

އެ ކޮމިޝަނުން އެ ދެ މައްސަލަ ވެސް ބަލަމުން އަންނައިރު، އެކަމުގެ ފަހަތުގައި ތިބި މީހުން މިހާރު ހޯދިފައިވާ ކަމަށް ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވަނީ ވިދާޅުވެފައިވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©