Mon, 25 May, 2020, 11:17 pm
ޒިންމާ އަދާކުރުމުން، އުޖާލާ މުސްތަގުބަލެއް ލިބޭނެ: އިމްރާން
1

ޒިންމާ ފުރިހަމައަށް އަދާކުރެވިއްޖެނަމަ އުޖާލާ މުސްތަޤްބަލަކަށްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރ.އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން އެ އަތޮޅު އުނގޫފާރުގައި ބޭއްވި ޒިންމާދާރު ރައްޔިތުން ބިނާކުރުންމުގެ 12 ވަނަ މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވުމަށްފަހު، މިނިސްޓަރު ވިދާޅުވީ ކޮންމެ މީހަކަށްވެސް އެމީހެއްގެ ޒިންމާ އަދާކުރެވިއްޖެނަމަ، މުސްތަގުބަލަކީ އުޖާލާ މުސްތަގުބަލަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.

“އަޅުގަނޑުމެންގެ މުޅިޤައުމުގެ މުސްތަޤްބަލް، މުސްތަޤްބަލްގެ އުޖާލާކަން، އުފާވެރިކަން ބިނާވެގެންވަނީ އަޅުގަނދުމެން ހުރިހާ ރައްޔިތުން ވަކިން ހާއްސަކޮށް އަޅުގަނޑުމެންގެ ޒުވާނުން ކޮންމެ ފަރުދަކު އެފަރުދެއްގެ ފުރިހަމަ ޒިންމާ އަދާކުރުމުގެ މައްޗަށް. އެޒިންމާ ފުރިހަމައަށް އަދާކުރެވިއްޖެނަމަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މުސްތަޤްބަލަކީ އުޖާލާ މުސްތަޤްބަލެއް. ޒިންމާ އަދާނުކުރެވިއްޖެނަމަ ހުރި ހިތާމައެއްގެ ބޮޑުކަމާ.” މިނިސްޓަރ ވިދާޅުވިއެވެ.

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ ވަރަށްގިނަ ޒިންމާ އަދާކުރަން އެބައޮތްކަން ކޮންމެ މީހަކުވެސް ޤަބޫލުކުރަން ޖެހޭކަމަށާއި، އެޒިންމާތަކުގެ ކުރިމަތީގައި ކޮންމެ ދުވަހަކު އަމިއްލަ ނަފްސާ ސުވާލުކޮށްލަން ވެސް އެބަޖެހޭކަމަށެވެ. އަދި ސުލްހަމަސަލަސްކަމާއި އެކުވެރިކަމާއި އިޖުތިމާއީ ހަމަޖެހުމާއި ދުޅަހެޔޮކަމާއި އިޤްޠިޞާދީ ފުދުންތެރިކަމާއި، ތަރައްޤީއާއި ކުރިއެރުންވެސް ބިނާވަނީ ޒިންމާއަދާކުރުމުގެ މައްޗަށްކަމަށެވެ. ހަމަ އެފަދައިން އާއިލާތަކުގެ ބަދަހިކަމާއި، އާއިލާތަކުގެ އުފާވެރިކަންވެސް ބިނާވަނީ ޒިންމާއަދާކުރުމުގެ މައްޗަށެވެ. އެހެންކަމުން މިހުރިހާކަމަކާމެދު ފުންކޮށް ވިސްނަން ޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުމުގައި ސެޝަންތައް ނަންގަވައިދެއްވާނީ ފުލުހުންނާއި އެޑިއުކޭޝަން މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީ އާއި ނޭޝަނަލް ޑްރަގް އެޖެންސީ އާއި ޖުވެނައިލް ޖަސްޓިސް ޔުނިޓާއި ހެލްތް މިނިސްޓްރީ އާއި ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު އަދި ހޯމް މިނިސްޓްރީގެ ބޭފުޅުންނެވެ.

Leave a comment

Your email address will not be published.