ނަސްވާ ހަސަން
24 April 2019
މަޤްބޫލު ޙަބަރު

އިންވެސްޓަރުންނާ ގުޅޭ ކަންކަން ކުރުމަށް، “މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް” ގެ ނަމުގައި ކުންފުންޏެއް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް މިއަދު އުފައްދަވައިފި އެވެ.

މިއީ ގާނޫނު ނަންބަރު 96/10 ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ 95 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހްތިޔާރުގެ ދަށުން އުފައްދައިފައިވާ ކުންފުންޏެކެވެ.

ރައީސް އޮފީހުން ބުނީ އެ ކުންފުނި އުފެއްދީ ގައުމީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި، ސަރުކާރު މެދުވެރިކޮށް ޕްރައިވެޓް ސެކްޓަރ އިންވެސްޓްމަންޓްތައް އިތުރުކުރުމަށާއި، ޤައުމުގެ މުއްސަނދިކަން އިތުރުކުރުމަށްޓަކައި، ކުރެވޭ ސްޓްރެޓީޖިކް އިންވެސްޓްމަންޓްތައް އިތުރުކުރެއްވުމުގެ އިތުރުން ލިބޭ ނަފާއާއި ނަގަންޖެހޭ ރިސްކުތައް މެނޭޖުކުރެވޭފަދަ އިންތިޒާމެއް ގާއިމްކުރުމުގެ ގޮތުން ކަމަށެވެ.

އަދި ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ މި ކުންފުންޏަކީ، ރާއްޖޭގެ އިންވެސްޓަރުންނާއި ބައިނަލްއަގްވާމީ ބާޒާރުތަކުން ހެޔޮ އަގުގައި ފަންޑު ސްޓްރަކްޗަރ ތައް މެދުވެރިކޮށް، ފައިނޭންސް ހޯދުމަށް އުފެއްދާފައިވާ ކުންފުންޏެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©