Thu, 4 June, 2020, 12:08 pm
އޭދަފުށީ ޕޯސްޓް އޮފީސް ފަޅާލައި އެތަނުން ރުފިޔާތަކެއް ވަަގަށް ނަގައިފި
4

ބ. އޭދަފުށީގައި ހުންނަ ޕޯސްޓް އޮފީސް ރޭ ފަޅާލައިފިއެވެ.

ފުލުހުން ބުނީ ޕޯސްޓް އޮފީސް ފަޅާލި ކަމުގެ ރިޕޯޓު ލިބުނީ ރޭ 8:30 އެހާކަން ހާއިރު ކަމަށެވެ.

އެތަނުގެ ތެރެއަށް ވަގުން ވަދެފައިވަނީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައިގެންނެވެ. ނަމަވެސް އެތަނުން ވަގަށް ގެންގޮސްފައިވަނީ 1،500 ރުފިޔާ އެކަނި ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުންދާއިރު އެކަމާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

Leave a comment

Your email address will not be published.