ނަސްވާ ހަސަން
25 April 2019
މަޤްބޫލު ޙަބަރު

ސްރީލަންކާގެ މައި އިންޓަނޭޝަނަލް އެއާޕޯޓް، ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓު ކައިރިން ޝައްކު ކުރެވޭ ވެހިކަލެއް ފެނިގެން އެއާޕޯޓް ވަގުތީ ގޮތުން ބަންދުކުރުމަށްފަހު އަލުން ހުޅުވައިފި އެވެ.

ސްރީލަންކާގެ މީޑިއާތަކުން ބުނާ ގޮތުގައި އެއާޕޯޓްގެ ބޭރުގައި ޝައްކު ކުރެވޭ ކާރެއް ޕާކް ކޮށްފައި އޮތުމުން އެއާޕޯޓު ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށެވެ. އަދި މިހާރު ލަންކާގެ ސަލާމަތީ ބާރުތައް ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ލަންކާގެ ސަލާމަތީ ބާރުތަކުން ވެހިކަލް ޗެކް ކުރުމަށްފަހު ބުނީ، އެ ވެހިކަލުގައި އެއްވެސް ނުރައްކަލެއް ނެތް ކަމަށާއި އެއާޕޯޓުގެ ހިދުމަތް ދޭން ފަށައިފި ކަމަށެވެ.

އާދީއްތަ ދުވަހުގެ ހަމަލާތަކަށް ފަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް މިހާތަނަށް ގިނަ ބަޔަކު ވަނީ ހައްޔަރު ކޮށްފައެވެ. އޭގެ އިތުރުން ލަންކާގެ ސަލާމަތީ ބާރުތަކުން ގެންދަނީ މިހަމަލާތަކާއި ގުޅިގެން ސަލާމަތީ ބާރުތައް ވަތުގަދަކޮށް، ބޮޑެތި އޮޕަރޭޝަންތައް ވެސް ހިންގަމުންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©