Thu, 4 June, 2020, 1:02 pm
ލަންކާގައި އުޅޭ ދިވެހިން ބޭރަށް ނުކުމެއުޅޭއިރު ޕާސްޕޯޓް ގެންގުޅެން އެދެފި
4

ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިން ބޭރަށް ނުކުންނަ އިރު ޕާސްޕޯޓް ގެންގުޅެން ލަންކާގައި ހުންނަ ދިވެހި އެމްބަސީން އިލްތިމާސްކޮށްފި އެވެ.

އެ އެމްބަސީން ރޭ ކުރި ޓުވީޓެއްގައި ބުނީ އާދިއްތަ ދުވަހު ދިން ހަމަލާތަކާ ގުޅިގެން ތަހުގީގު ކުރިއަށްދާތީ ކަމާބެހޭ ފަރާތްތަކުން އަދިވެސް އަންނަނީ ލަންކާގެ ގެތަކާއި އެ ނޫން ވެސް ތަންތަން ބަލައި ފާސްކުރަމުން ކަމަށެވެ. އެގޮތުން ޗެކްޕޮއިންޓްތަކުން ހިފަހައްޓާ، އެންމެންގެ ޕާސްޕޯޓުތައް ވެސް ޗެކްކުރަމުން އަންނަ ކަމަށް އެމްބަސީން ބުންޏެވެ. އެހެން ކަމުން ދިވެހިން ބޭރަށް ނުކުންނަ އިރު ޕާސްޕޯޓް ގެންގުޅެން ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްބަސީން ވަނީ ބުނެފަ އެވެ.

 އޭގެއިތުރުން އެމްބަސީން ބުނީ، ލަންކާގެ ގަވާއިދުތަކާއި ގާނޫނުތަކާ އެއްގޮތްވާ ގޮތަށް ޕާސްޕޯޓުގައި ވިސާގެ ކަންކަން ފުރިހަމަވެފައިވޭތޯ ބެލުމަށް އިލްތިމާސްކުރުމަށެވެ.

ލަންކާގެ އެކި ތަންތަނަށް އާދިއްތަ ދުވަހު ދިން ހަމަލާތަކުގައި 359 މީހުން ވަނީ މަރުވެފަ އެވެ. އަދި ހަމަލާދިންކަމަށް ތުހުމަތު ކުރެވޭ 80 މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފަ އެވެ.

ލަންކާ އިން ދަނީ ކުރިއަށްވުރެ ސަލާމަތީބާރުތައް ވަރުގަދަކުރަމުންނެވެ. އަދި ހަމަލާދިނ ްކަމަށް ތުހުމަތު ކުރެވޭ އިތުރު މީހުން ހޯދުމަށް ގެތަށްވެސް ދަނީ ބަލާ ފާސްކުރަމުންނެވެ.

Leave a comment

Your email address will not be published.