.
27 April 2019
މަޤްބޫލު ޙަބަރު

ޕީއެންސީގެ ނާއިބު ރައީސްގެ މަޤާމަށް ހަތަރު ބޭފުޅަކު އިންތިޚާބުކޮށްފައެވެ.

ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލްގައި ބޭއްވި އެޕާޓިގެ ފުރަތަމަ ޤައުމީ ޖަލްސާގައި އެޕާޓީގެ ނައިބު ރައީސް ކަމުގެ އެމަޤާމަށް އިންތިޚާބުވެވަޑައިގެންނެވި ބޭފުޅުންނަކީ މުޙައްމަދު ޙުސައިން ޝަރީފު( މުންދު) އާއި، ޕީޕީއެމްގައި ހުންނެވުމަށްފަހު ދާދިފަހުން ޕީއެންސީއަށް ބަދަލުވެވަޑައިގެންނެވި ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިޙާން ޙުސައިން މަނިކާއި، ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މާވަށު ދާއިރާގެ އިންތިޚާބީ މެންބަރު މުޙައްމަދު ސައީދު އާއި ، ބާރަށު ދާއިރާގެ މެންބަރު އިބުރާހީމް ޝުޖާޢުއެވެ.

ފަސް ބޭފުޅުން ވާދަކުރެއްވި މި މަޤާމު ނާކާމިޔާބުވެވަޑައިގަތީ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނިމާލެވެ.

137 މީހުން ބައިވެރިވި ޤައުމީ ޖަލްސާގައި ނާއިބު ރައީސްގެ މަޤާމަށް އިންތިޚާބުވެވަޑައިގެންނެވި މުޙައްމަދު ޙުސައިން ޝަރީފަށް 122 ވޯޓް ލިބިވަޑައިގެންނެވި އިރު، ނިހާނަށް ލިބިވަޑައިގަތީ 126 ވޯޓެވެ. އަދި އިބްރާހީމް ޝުޖާޢުއަށް 122 ވޯޓް ލިބިވަޑައިގަތްއިރު މުޙައްމަދު ސަޢީދަށް ލިބިވަޑައިގަތީ 120 ވޯޓެވެ. ނާކާމިޔާބުވެވަޑައިގަތް ނިމާލަށް ލިބިވަޑައިގަތީ 39 ވޯޓެވެ.

ކުރިން އެޕާޓިގެ އަސާސީ ޤަވާއިދު ބުނާގޮތުން ނާއިބު ރައީސްއަކަށް ޢައްޔަންކުރައްޖެހޭނީ 2 މީހުންނެވެ. ނަމަވެސް މަޤާމަށް ވާދަވެރިކަން ބޮޑުވުމާއި ގުޅިގެންކަމަށް ބުނެ މިހާރު ވަނީ އެ މަޤާމަށް 4 މީހަކު ޢައްޔަންކުރުމަށް އަސާސީޤަވާއިދަށްވަނީ ބަދަލު ގެނެސްފައެވެ. އަދި ޕީއެންސީގެ ކައުންސިލަށް 20 ބޭފުޅަކުވަނީ އިންތިޚާބުކޮށްފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©