Thu, 4 June, 2020, 1:52 pm
39 ކެންޑިޑޭޓެއް މާލީ ބަޔާން ހުށަނާޅާ: އީސީ
2

މަޖިލީހަށް ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން 39 ކެންޑިޑޭޓުން  މާލީ ބަޔާން ހުށަނާޅާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އީސީ އިން ބުނީ މާލީ ބަޔާން ހުށަހެޅުމުގެ ސުންގަޑި ރޭ 12:00 އަށް ހަމަވިއިރު މަޖިލިސް އިންތިހާބުގައި ވާދަކުރި 386 ކެންޑިޑޭޓުންގެ ތެރެއިން 347 ކެންޑިޑޭޓަކު ވަނީ މާލީ ބަޔާން ހުށަހަޅައިފަ އެވެ. އަދި 39 ކެންޑިޑޭޓަކު މާލީ ބަޔާން ހުށަނާޅާ ކަމަށެވެ.

އިންތިހާބާ ބެހޭ އާންމު ގާނޫނުގައިވާ ގޮތުން އިންތިހާބެއް ބާއްވާތާ 21 ދުވަހުގެ ތެރޭގައި އެ އިންތިހާބެއްގައި ވާދަކުރި ކެންޑިޑޭޓުން އެބޭފުޅެއްގެ މާލީ ބަޔާން އީސީއަށް ހުށަހަޅަން ޖެހޭނެ އެވެ. އެގޮތުން ގާނޫނު އޮންނަ ގޮތުން އެއީ ކުށެކެވެ. އަދި އެ ކުށުގެ އަދަބެއްގެ ގޮތުގައި ހަ މަސް ދުވަހާއި ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 6،000 ރުފިޔާއާއި 24،000ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ހިމެނެ އެވެ.

އީސީއިން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި، ބަޔާން ހުށަނާޅާ 39 ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ އަމިއްލަ ގޮތުން ވާދަކުރެއްވި 31 ކެންޑިޑޭޓަކު، ޕީއެންސީ އާއި އަދާލަތު މިއިން ކޮންމެ ޕާޓީއަކުން އެއް ކެންޑިޑޭޓަކާއި ޕީޕީއެމް އާއި އެމްޓީޑީ އަދި ލޭބާ ޕާޓީ މިއިން ކޮންމެ ޕާޓީއަކުން ދެ ކެންޑިޑޭޓުން ބަޔާން ހުށަހަޅުއްވާފައެއް ނުވެ އެވެ.

އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭއިން ވާދަކުރެއްވި ހުރިހާ ކެންޑިޑޭޓުން ވެސް ވަނީ މާލީ ބަޔާން އީސީއަށް ހުށަހަޅުއްވައިފަ އެވެ.

Leave a comment

Your email address will not be published.