ނަސްވާ ހަސަން
28 April 2019
މަޤްބޫލު ޙަބަރު

މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުގައި ސީ ލައިފްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަހުމަދު މޫސާ (އައްމަޓީ) ހޯދަން އިންޓަޕޯލުން ރެޑް ނޯޓިސް ނެރެފި އެވެ.

ފުލުހުންގެ ބައިނަލްއަގްވާމީ މައި ޖަމިއްޔާ އިންޓަޕޯލުން އައްމަޓީ ހޯދަން ނެރުނު ރެޑް ނޯޓިސްގައިވާ ގޮތުން އޭނާ އަށް ކުރަނީ މަކަރާއި ހީލަތް ހެދުމުގެ ތުހުމަތެއް ކަމަށެވެ.

އެގޮތުން ހުޅުމާލޭގައި 3،000 ފްލެޓު އިމާރާތް ކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން ސީ ލައިފް ކުންފުންޏާ ވަނީ ހަވާލުކޮށްފަ އެވެ. އަދި އެ ކުންފުންޏާއި ހަވާލު ކުރުމުން އެ ކުންފުނިން އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު، ފްލެޓްތައް އިމާރާތް ނުކޮށް އަދި އެ ފައިސާ ވެސް އަނބުރާ ނުދިނުމުމުން ގިނަ ބަޔަކު ވަނީ ސީ ލައިފްއާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފަ އެވެ.

އޭގެ އިތުރުން އެޗްޑީސީ އާއި އިކޮނޮމިކް މިނިސްޓްރީން މި ކަމުގައި އިހުމާލުވި ކަމަށް ބުނެ އެ ދެ މުއައްސަސާއާ ދެކޮޅަށް ވެސް ގިނަ ބަޔަކު ވަނީ ދައުވާކޮށްފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©