ނަސްވާ ހަސަން
29 April 2019
މަޤްބޫލު ޙަބަރު

މާލޭ ސިންދިތާ ފިހާރައިން ދެ ސެންޓް ފުޅޮ ވަގަށް ނަގައިގެން ފިލަނިކޮށް ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، ރޭ 10:20 އެހާކަށް ހާއިރު ފުލުހުން ޝަބުނަމް މަަގުން ޕެޓްރޯލް ކުރަމުން ދަނިކޮށް ފިރިހެނެއްގެ އަމަލުތައް ހުރިގޮތުން، ހުއްޓުވާ ބަލައި ފާސްކުރި ކަމަށެވެ.

އަދި އޭނާގެ އަތުން ސިންދިތާ ފިހާރައިގެ ނަމުގައި އަގު ޖަހާފައި އޮތް ދެ ފުޅި ސެންޓް ފެނިފައިވާ ކަމަށެވެ. އެގޮތުން އެ ފިހާރައަށް ގޮސް ސުވާލުކުރުމުން، އެ ދެ ސެންޓް ފުޅިއަކީ އެ ފިހާރައިން ވަގަށް ނަގާފައިވާ ތަކެތި ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

20 އަހަރުގެ އެ ޒުވާނާ ވަގަށް ނެގި، ދެ ސެންޓްފުޅީގެ އަގަކީ 420 ރުފިޔާއެވެ.

ހައްޔަރު ކުރި މީހާ ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު ހުރިއިރު އެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުޤީޤު ކުރަމުންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©