ނަސްވާ ހަސަން
29 April 2019
މަޤްބޫލު ޙަބަރު
 އަންނަ މަހު އަންނަ މިއަހަރުގެ ރަމަޟާން މަހުގެ ހަންދު ބެލުން ހޮނިހިރު ދުވަހު ހަވީރު ކުރިޔަށް ގެންދާގޮތަށްޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ހަމަޖައްސައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ވިދާޅުވީ، ރަމަޟާން މަހުގެ ހަނދު ބެލުން މި ފެށޭ މެއި މަހުގެ 4 ވާ ހޮނިހިރު ދުވަހު އޮންނާނެ ކަމަށެވެ.

ޑީޖީއޭއިން ވިދާޅުވީ، މިއަހަރުގެ ރަމަޝާން މަހުގެ ހަނދު ސާބިތުކުރުމަށްޓަކައި އެ މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައި ވަނީ މާލޭގައި ނަމަ، ކޯޓެއްގެ ގާޒީއެއްގެ ކުރިފުޅުމަތީގައި ކަމަށެވެ.

އަދި ރަށްރަށުގައި ނަމަ، އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅުމަތީގައި ކަމަށާއި މެޖިސްޓްރޭޓް ކޯޓެއް ނެތް ރަށެއް ނަމަ، އެވަގުތަކުގެ ރަށު ކައުންސިލް އިދާރާ ހިންގުމާއި ހަވާލުވެ ހުންނެވި އިސް ވެރިއެއްގެ ކުރިފުޅުމަތީގައި ހެކިބަސް އަދާކުރެވޭނެ ކަމަށްވެސް ޑީޖީއޭ އިން ވިދާޅުވިއެވެ.

ޑީޖީއޭއިން ވިދާޅުވީ، ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމަށްޓަކައި އެ މަހުގެ ހަނދު ދުށް މީހަކު އެކަމުގެ މަޢުލޫމާތު ދޭއިރު ގާތްގަނޑަކަށް ހަނދު ހުރި އުސްމިނާއި މިސްރާބުގެ އިތުރުން މުޙިންމު ބައެއް މައުލޫމާތުތައް ދޭންވާނެ ކަމަށެވެ.

އެގޮތުން ރަމަޟާން މަހުގެ ހަންދުގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން، ހޮނިހިރު ދުވަހުގެ ހަވީރު 5:30 އިން ފަށައިގެން ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓާއި އެ ޑިޕާޓްމަންޓުގެ އިދާރާގެ އިތުރުން ކައުންސިލާއި އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވާފައި ހުންނާނެ ކަމަށް ޑީޖީއޭ އިން ވިދާޅުވި އެވެ.

އޭގެ އިތުރުން މިއަހަރުގެ ހަނދާއި ބެހޭ ގޮތުން އިސްލާމިކް މިނިސްޓްރީން އިއްވާ ބަޔާން އިއްވުން އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ ބާއްވާ ޖަލްސާގައެވެ. ކަލަންޑަރުގައި މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މެއި މަހުގެ ހައެކެވެ.

Leave a Reply

Your email address will not be published.

haftha.mv ©