Mon, 25 May, 2020, 10:37 pm
ސީރިއާގައި ތިބި ކަމަށް ބުނާ ދިވެހީންގެ ލިސްޓުގެ ސައްހަކަން މިދަނީ ބަލަމުން: ހަމީދު
1

ސީރިއާ ހާލުގައި ޖެހިފައިވާ ދިވެހިންގެ ތެރެއިން ކަމަށް ބުނެ އާއްމުކޮށްފައިވާ ލިސްޓުގެ ސައްހަކަން ބަލަމުންދާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ވިދާޅުވީ، އެއްވެސް މީހެއްގެ ޒާތީ މައުލޫމާތު އެގޮތަށް އާއްމުންނަށް ހިއްސާ ކުރުމަކީ ފުލުހުން ގަބޫލުކުރާ އުސޫލުތަކާ ޚިލާފު ކަމެއް ކަމަށެވެ. އަދި އެ ލިސްޓަކީ ސައްހަ ލިސްޓެއްތޯ ފުލުހުން ބަލަމުންދާ ކަމަށް ވިދާޅުވި އެވެ.

“މީސް މީޑިއާގައި މިހާރު އާންމުވެފައިވާ ލިސްޓަކީ ސައްހަ ލިސްޓެއްތޯ ފުލުހުން މިގެންދަނީ ބަލަމުން،” ހަމީދު ވިދާޅުވިއެވެ.

މި މައުލޫމާތު މީސްމީޑިއާގައި އާންމުކޮށްފައި އެލެކްސް އަހުމަދު ނަމަކަށް ކިޔާ ޓްވީޓާ އެކައުންޓަކުންނެވެ. އެ އެކައުންޓުން، ސީރިޔާގައި ހާލުގައި ޖެހިފައި ތިބި ދިވެހި 33 ކުއްޖެއްގެ ނަމާއި އެހެނިހެން ބައެއް މައުލޫމާތު ހިމެނެއެވެ. އެގޮތުން އުމުރުން އެއް މަހާއި 10 އަހަރާއި ދެމެދުގެ އެ ކުދިންގެ މައުލޫމާތު ހިމެނޭއިރު، އޭގެތެރެއިން ގިނަ ކުދިންނަކީ ސީރިޔާގައި ވިހާފައިވާ ކުދިން ކަން ބަޔާންކޮށްފައި ވެއެވެ.

Leave a comment

Your email address will not be published.