Thu, 28 May, 2020, 10:32 am
ރަށެއްގައި ފޮރުވައިގެން ގެންގުޅުނު 2 ކުދިން ހޯދައިފި
12

އާއިލާއަށް ފޮރުވައިގެނި ރަށެއްގައި ގެންގުޅުނު ފެ ކުދިން ހޯދައި، މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އާއިލާއަށް ފިލައިގެން އުޅޭ ދެ ކުއްޖަކު ރަށެއްގައި ފޮރުވައިގެން ގެންގުޅޭ ކަމުގެ މައުލޫމާތު ލިބުނުކަމަށާއި ރޭ މެންދަމު ކޯޓު އަމުރަކާ އެކު އެ ކުދިން ބައިތިއްބާފައި ގެއަށް ފުލުހުން ވަދެ އެ ކުދިން ހޯދާފައިވާ ކަމަށެވެ.

އެކަމަކު އެއީ ކޮން ރަށެއް ކަން ފުލުހުން ހާމަ ނުކުރާއިރު އެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ 29 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރި މީހާގެ ގެއިން މަސްތުވާތަކެތި ޝައްކު ކުރެވޭ އެއްޗެއް ހުރި ޕެކެޓަކާއި ކަރުދާސް ކޮޅުގެ އިތުރުން ބަންދުކުރަން ގެންގުޅޭ ސާމާނު ފެނިފައިވާ ކަމަށެވެ.

އެ ކުދިންގެ އާއިލާއާ ހަވާލު ކުރެވެންދެން މިހާރު ވަނީ ފެމިލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރާ ހަވާލުކޮށް،  ރައްކާތެރި މާހައުލެއްގައި އެ ކުދިން ބައިތިއްބާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

Leave a comment

Your email address will not be published.