ނަސްވާ ހަސަން
01 May 2019
މަޤްބޫލު ޙަބަރު

ލަންކާގައި ހިނގި ނިރުބަވެރި ހަމަލާތަކަށްފަހު ލަންކާ ރައްކާތެރި ނޫން ކަމަށް ބެލެވޭތީ، ލަންކާގައި ތިބި ސައުދީގެ ރައްޔިތުން އެގައުމުން ފޭބުމަށް ސައުދީން އަންގައިފިއެވެ.

ލަންކާގައި ހުންނަ ސައުދީގެ އެންބަސީން އިއްޔެ ކުރި ޓުވީޓެއްްގައި ވަނީ ލަންކާގެ މިހާރުގެ ހާލަތު ހުރި ގޮތުނާއި ބޮމުގެ ހަމަލާއަށް ފަހު ލަންކާ އަދި ރައްކާތެރި ނޫން ކަމަށް ބެލެވޭތީ ލަންކާގައި ތިބި ސައުދީގެ ރައްޔިތުން އެގައުމުން ފޭބުމަށް ނަސޭހަތްތެރި ވާކަމަށެވެ.

އަދި އެފަދަ އިތުރު ހަމަލާއެއް ރާވަމުންދިއުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އެ އެމްބަސީން ވަނީ ބުނެފައެވެ.

އެޕްރީލް 21 ވަނަ ދުަވަހު ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން އެމެރިކާ އާއި އިސްރާއީލުން ވެސް ވަނީ އެގައުމުތަކުގެ ރައްޔިތުން ލަންކާއިން ފޭބުމަށް އަންގާފައެވެ.

ބޮމުގެ ހަމަލާތަކުގައި 250 އަށްވުރެ ގިނަ މީހުން މަރުވެ 500 އެއްހައި މީހުންނަށް އެކިވަރުގެ އަނިޔާ ލިބުނެވެ. މިއީ ފަހުގެ ތާރީޚެއްގައި ވެސް މި ސަރަޙައްދުގެ ޤައުމެއްގައި ދިން އެންމެ ވަރުގަދަ ހަމަލާއެވެ.

Leave a Reply

Your email address will not be published.

haftha.mv ©