Sun, 31 May, 2020, 11:59 am
އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ލަފާދޭންބޯޑެއް ރައީސް އެކުލަވާލައިފި
6

 މަސައްކަތްތެރިންނަށް އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނެ ގޮތާ މެދު ލަފާދިނުމަށް ”ސެލެރީސް އެންޑް ވޭޖްސް އެޑްވައިޒަރީ ބޯޑް”ގެ ނަމުގައި ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވައިލައިފިއެވެ.

މިއަދު ފާހަގަ ކުރަމުންދާ މަސައްކަތް ތެރިންގެ ދުވަހާއި ގުޅުވައިގެން ރައީސް އިބްރާހިމު މުހައްމަދު ސޯލިހު މިއަދު  ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަސައްކަތްތެރިންނަށް އެންމެ ކުޑައުޖޫރަ ކަނޑައެޅުމަށް، އިކޮނޮމިކް މިނިސްޓްރީއަށް ލަފާދޭ ‘ސެލެރީސް އެންޑް ވޭޖްސް އެޑްވައިޒަރީ ބޯޑް’ މިއަދު އެކުލަވާލެއްވުމަކީ ލިބިވަޑައިގެންނެއްވި އުފަލެއް ކަމަށެވެ.

އޭގެ އިތުރުން މި ބޯޑާއި ގުޅޭގޮތުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި، ފަސް މެމްބަރުންގެ މައްޗަށް ހިމެނޭ އެ ބޯޑު ގައި އިންޑަސްޓްރީ ތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން މަސައްކަތްތެރިންގެ ފަރާތުން ދެ މެމްބަރަކު ހިމެނޭނެ ކަމަށެވެ. އަދި އެ ބޯޑު މެދުވެރިކޮށް ރަނގަޅު ނަތިއްޖާއެއް ނިކުންނާނެ ކަމަށް ލަފާކޮށް ފައްޔާޒު ވިދާޅުވީ، ސަރުކާރުގެ ފަރާތުން އެއް މެމްބަރަކު ބޯޑުގައި ހިމެނިވަޑައިގަންނަވާނެ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި އެންމެ ކުޑައުޖޫރަ ކަނޑައެޅުމަށްވެސް ވަނީ ވައުދުވެފަ އެވެ.

Leave a comment

Your email address will not be published.