Mon, 1 June, 2020, 6:26 pm
މާމިގިލި އެއާޕޯޓުގައި ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއްވި މީހާ މަރުވެއްޖެ
9

އދ. މާމިގިލީ އެއާޕޯޓް ފަޔަރުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ މަރުވެއްޖެއެވެ. ފުލުހުން ބުނީ، އެކްސިޑެންޓުގައި އެންމެ ސީރިއަސްވި މީހާ ދާދި ދެންމެއަކު މަހިބަދޫ ހޮސްޕިޓަލުގައި މަރުވެފައިވާ ކަމަށެވެ.

މާމިގިލީ އިންޓަނޭޝަނަލް އެއާޕޯޓްގެ ފަޔާ ލޮރީ ކޮންޓްރޯލް ނުކުރެވިގެން މިއަދު ހަވީރު 4:15 އާއި 4:20 ދެމެދު ހިނގި އެ އެކްސިޑެންޓްގައި ޖުމްލަ ހަތަރު މީހަކަށް އަނިޔާވިއެވެ. އެ ހަތަރު މީހުންނަކީ ވެސް މާމިގިލީ އެއާޕޯޓްގެ އެއާ ފަޔާ ގައި މަސައްކަތް ކުރާ ހަަތަރު މީހުންނެވެ.

އެގޮތުން އެކްސިޑެންޓްވި އެކެއްގެ ބޯ ފަޅައިގެން ދިޔައިރު ދެ މީހެއްގެ ފައި ބިނދި އެކަކުގެ ފައިގެ ކަކުލަށް އަނިޔާ ލިބުނުއިރު އެންމެންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަަށް ފުލުހުން ބުނެއެވެ.

އެ ހަތަރު މީހުންގެ ތެރެއިން ނިޔާވީ، ފައި ބިނދި، ނޭވާލާން އުދަނގޫވެގެން މަހިބަދޫ ހޮސްޕިޓަލަށް ގެންދިޔަ މީހާއެވެ. އެކްސިޑެންޓުގައި އަނިޔާވި އަނެއް ތިން މީހަކު މިހާރު ވަނީ މާލެ ފޮނުވާލައިފައެވެ.

Leave a comment

Your email address will not be published.