Thu, 28 May, 2020, 8:15 am
މަގުޗާޓާއި އެކު ދައުލަތް ފަޚުރުވެރިވާފަދަ އަދުލު އިންސާފުގެ ނިޒާމެއް ޤާއިމުކުރެވޭނެ: އުއްތަމަ ފަނޑިޔާރު
5

ޝަރުޢީ ދާއިރާގެ މަގުޗާޓުގައިވާ “ޖުޑީޝަލް ރިފޯމް އެކްޝަން ޕްލޭން” ތަންފީޒު ކުރެވިއްޖެނަމަ ދިވެހި ދައުލަތް ފަޚުރުވެރިވާފަދަ އަދުލު އިންސާފުގެ ނިޒާމެއް ޤާއިމުވެގެންދާނެކަމަށް އުއްތަމަ ފަނޑިޔާރު، ޑރ.އަޙްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކޮށް، އިސްލާޙްކުރުމުގެ މަގުޗާޓު އިފްތިތާޙު ކުރުމަށް ރޭ އިސްލާމީ މަރުކަރުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައިވާހަކަދައްކަވަމުންނެވެ.

އުއްތަމަ ފަނޑިޔާރު، ޑރ.އަޙްމަދު އަބްދުﷲ ދީދީ ވިދާޅުވީ ދިވެހިރާއްޖޭގެ ޢަދުލުއިންސާފު ޤާއިމްކުރުމުގެ އެންމެމަތީ ފަރާތުގެ ޙައިސިއްޔަތުން ސުޕްރީމް ކޯޓުން އިސްނަގައިގެން ތައްޔާރުކުރާ ފަސް އަހަރުގެ މިޕްލޭނަކީ، ރާއްޖޭގެ ޝަރުޢީ ދާއިރާގެ ތަރައްޤީއަށާއި ކުރިއެރުމަށް އަމާޒުކޮށްގެން އެކުލަވާލި ޕްލޭނެއްކަމަށެވެ.

” މިއީ ފަނޑިޔާރުގޭގެ ކަންކަން ހަރުދަނާކޮށް އިސްލާހުކުރުމުގެ އިތުރުން، ޤާނޫނު އަސާސީއާ އެއްގޮތްވާގޮތުގެ މަތީން ޤާނޫނުގެ ޙުކޫމަތު ނަގަހައްޓައި، ވަކިފަރާތަކަށް ނުޖެހި އަދުލު އިންސާފު ޤާއިމްކުރުމައްޓަކައި ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކުރުމާއި ބެހޭގޮތުން ތައްޔާރުކުރެވޭ ޕްލޭނެއް ” އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވިއެވެ.

މައިގަނޑު 20 ކަމެއްގެ މައްޗަށް އެކުލަވާލާފައިވާ މިމަޤުޗާޓަކީ ޒަމާނީ ފަނޑިޔާރުގެއެއް ޤާއިމްކުރުމައްޓަކައި ސަމާލުކަންދޭންޖެހޭ ހުރިހާކަމެއް ހިމެނޭގޮތަށް އެކުލަވާލާފައިވާ ޕްލޭނެއްކަމަށް ވިދާޅުވަމުން އުއްތަމަ ފަނޑިޔާރު ވިދާލުވީ މިޕްލޭން ތަންފީޒުކުރެއްވިއްޖެނަމަ އޭގެ ހެޔޮނަތީޖާ ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާއިން ފެންނާނެކަމަށާއި، އޭގެ ސަބަބުން ފަނޑިޔާރުގޭގެ ޢިލްމީ އަދި ފަންނީ ޤާބިލުކަން އިތުރުވެގެންދާނެކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ރާއްޖޭގެ ޝަރުއީދާއިރާގެ އިތުބާރު ގެއްލިފައިވާކަމަށްވިދާޅުވެ ރައްޔިތުންގެގިނަބއެއްގެ ފާޑު ޝަރުއީދާއިރާއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައި “ޖުޑީޝަލް ރިފޯމް އެކްޝަން ޕްލޭން” އިފްތިތާހް ކޮސްދެއްވަމުން ރޭ އުއްތަމަފަނޑިޔާރު ވިދާޅުވީ ޝަރުޢީ ދާއިރާގެ މަގުޗާޓުގައިވާ ޕްލޭންގެ ދަށުން ޢަދުލު އިންސާފަށް ފަސޭހައިން ވާސިލުވުން ކަށަވަރު ކުރެވިގެން ދާނެކަމަށާއި، އަދި ފަނޑިޔާރުގޭގެ މައްސޫލިއްޔަތުތަކާއެކު، ދައުލަތުގެ ހައިބަތާއި، ކަރާމާތާއި ޤަދަރާއި މިނިވަންކަމާއި، މުސްތަގިއްލުކަންވެސް ކަށަވަރުވެ، އިޤްތިސާދީ އަދި އިޖްތިމާޢީ ޢަދާލަތު ޤާއިމްކުރުން ފަދަ އެންމެހައި ދާއިރާތަކުގައި ދިވެހި ދައުލަތް ފަޚުރުވެރިވާފަދަ އަދުލު އިންސާފުގެ ނިޒާމެއް ޤާއިމުވާނެކަމަށެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ އާ ޤަނޫނުއަސާސީއާއެކު ދައުލަތުގެ ތިން ބާރުވަކިވެ މިނިވަން ފަނޑިޔާރުގެއެއް ޤާއިމްކުރެވި މިވީ ދިހަ ވަރަކަށް އަހަރުދުވަހުގެ ތެރޭގައި ގިނަ ކަންތައްތަކެއް ތަޖުރިބާކުރެވިފައިވާކަމަށާއި، ފަނޑިޔާރުގޭގެ މިނިވަންކަމަށް ބުރޫއަރާފަދަ ދުވަސްތަކެއް ފެނިފައިވާކަމަށެވެ. .

Leave a comment

Your email address will not be published.