.
02 May 2019
މަޤްބޫލު ޙަބަރު

އަތޮޅު ތެރެއަށް މުދާއުފުލާ ބޯޓެއްގައި މަސައްކަތް ކުރަމުން އައި ބަންގަލަދޭޝްގެ މީހަކު ގެއްލިފައިވާތީ އެ މައްސަލައިގެ ތުހުމަތަށް ބިދޭސީ ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ށ. ޅައިމަގުގައި ދުއްވާ “ކުރިމަގު” ބޯޓުގައި މަސައްކަތް ކުރި ބަންގްލަދޭޝްގެ މީހަކު ގެއްލިގެން ޅައިމަގު ކައުންސިލުން މިިދިއަ މަހުގެ 22 ވަނަ ދުވަހު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި ބަންގްލަދޭޝްގެ އެ މީހާ ގެއްލުނުކަން އެނގުނީ އެދުވަހުގެރޭ ފަތިހު ބޯޓު ފުރަން ބެލި އިރު އޭނާ އެ ބޯޓުގައި ނެތުމުން ކަމަށެވެ. ކުރިމަގު ބޯޓުގައި ހަތަރު ބިދޭސީއަކު އުޅެ އެވެ.

ފުލުހުން ބުނީ އެރިޕޯޓާއި ގުޅިގެން އެ ބޯޓް މާލެ އައުމުން ބޯޓް ބަލައި ފާސްކޮށް ފަޅުވެރިންނާ ސުވާލު ކޮށްފައިވާ ކަމަށާއި އަދި އެބޯޓުގައި މަސައްކަތް ކުރާ އުމުރުން 30 އަހަރާއި 36 އަހަރުގެ ބަންގްލަދޭޝްގެ ދެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ކުރިމަގު ބޯޓް މިވަގުތު މާލޭގައި އޮތްއިރު ހަފްތާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބޯޓުން ގެއްލިފައިވަނީ ލުތުފަރު ނަމަކަށް ކިޔާ މީހެކެވެ.

Leave a Reply

Your email address will not be published.

haftha.mv ©