ނަސްވާ ހަސަން
02 May 2019
މަޤްބޫލު ޙަބަރު

މާލޭގައި ރޭ ދަންވަރު ބިދޭސީއަކު ރަހީނުކޮށް، އެހެން މީހެއްގެ އަތުން ފައިސާތަކެއް ހޯދަން އުޅެނިކޮށް ބަޔަކު ހައްޔަަރުކޮށްފި އެވެ.

ފުލުހުން ބުނީ، ރަހީނުކޮށްފައި ވަނީ 29 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށެވެ. އަދި މި މައްސަލައިގާ ހަތް ދިވެއްސަކާއި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ބިދޭސީ މީހާގެ ރަހީނުކުރުމަށްފަހު އޭނާގެ ރައްޓެއްސަކަށް ގުޅައި 40،000 ރުފިޔާ ދިނުމަށް ޑިމާންޑްކޮށްގައިވާ ކަމަށާއި އެ ފައިސާ ބަލާ ކެންގަރޫ ކިޑްސް ކައިރި އަށް އައި ވަގުތު ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައި ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ، ރަހީނު ކުރި ބިދޭސީ މީހާ ހައްޔަރު ކުރުމަށް ފަހު، އެމީހާ ދެއްކުމަށް އެންގުމުން ނިކަގަސް މަގުގައި ހުރި ގޯޅިއެއްގެ ތެރޭގައި އެ މީހާ ރަހީނުކޮށްފައިވާ މީހާ ފުލުހުން ވަނީ ހޯދައިފަ އެވެ.

ފުލުހުން ބުނީ އެ ގޯޅިއަށް ދިއުމާ އެކު، އެކަމުގައި ބައިވެރިވި މީހުން ފިލާފައިވާ ކަމަށެވެ. އަދި މި މައްސަލައިގާ ހައްޔަރުކުރީ 42 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނެކެވެ. ނަމަވެސް ހައްޔަރުކުރި ހަތް ދިވެހިންގެ މައުލޫމާތު ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

އޭގެ އިތުރުން ރަހީނު ކޮށްފައި ހުރި ބިދޭސީ މީހާގެ ގައިގައި ތަޅައި އަނިޔާކޮށް މާރާމާރީ ހިންގާފައިވާ ކަމަށާއި އޭނާގެ ދެ މޯބައިލް ފޯނާއި ކަރުގައި އަޅާފައި އޮތް ފަށާއި ތަޅުދަނޑިފައްޗެއް ފޭރިގެންފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©