މުޙައްމަދު އީމާން
02 May 2019
މަޤްބޫލު ޙަބަރު

ރަމަޟާން މަހަށް ތައްޔާރުވުމަށް ރައްޔިތުންނަށް ފުރުސަތު ދިނުމުގެ ގޮތުން އަންނަ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖައްސައިފިއެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހަފްތާގެ ހޯމަ ދުވަހެވެ. ނަމަވެސް މާދަމާ ރޯދައަށް ހަނދު ބެލުން އޮންނާނެއެވެ. އެދުވަހު ހަނދު ފެނިއްޖެނަމަ އާދީއްތަ ދުވަސް ވެގެންދާނީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށެވެ.

ރައީސް އޮފީހުގެ ތަރުޖަނާމު އިބްރާހީމް ހޫދު މިއަދު ވިދާޅުވީ ރަމަޟާން މަހަށް ތައްޔާރުވުމަށް ކުރާ މަސައްކަތަށް ވަގުތު ދިނުމުގެ ގޮތުން މިމަހުގެ ފަސްވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ.

މި ނިންމުމާއެކު، ސަރުކާރު މުވައްޒަފުންނަށް ކުރިއަށް އޮތް ހަތަރު ދުވަސް ވެސް ބަންދުވާނެއެވެ. އެއީ ހުކުރު ދުވަހުން ފެށިގެން ހޯމަ ދުވަހާ ހަމައަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©